ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް ނަޝީދަށް އިންޒާރު ދިން ޔާފިސް 10 އަހަރުގެ ޖަލު ޙުކުމެއް

TTH_Ads
STO_Ads
Advertisement

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

ކޯޓުން މިމައްސަލާގައި ޙުކުމް ކޮށްފައިވަނީ، ބުދަ ދުވަހުއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް 2021 ވަނަ އަހަރު އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސްގެ މައްޗަށެވެ. ފުލުހުން އޭނާ އެންމެ ފުރަތަމަ ހައްޔަރުކުރީ، ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ބަދުރު ހަނގުރާމައިގެ ދުވަހު އަބޫ ޖަހުލަށް ހަދައިލި ގޮތް ހަދައިލާނެ ކަމަށް ބުނެ ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރު ދިނުމާއި ގުޅިގެންނެވެ.

HajjCop_ads
MMA_Ads
Advertisement

އެމައްސަލައިގައި އޭނާ ހައްޔަރުކޮށްގެން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، އޭނާ ވަނީ ކޯޓުގައިވެސް ރައީސް ނަޝީދަށް އިންޒާރުދީފައެވެ. އެމައްސަލައިގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި، އޭނާ އެއް މަސް ދުވަހަށް ޖަލަށްވެސް ލިއެވެ.

މިމައްސަލަތަކުގައި ދައުލާތާއި އޭނާއި ދެމެދު އިޢުތިރާފުގެ އެއްބަސްވުމެއް ވަނީ ހަދާފައެވެ. މިއާއެކު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ބުދަ ދުވަހު 10 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.

އޭނާގެ މައްޗަށް 3 ދަޢުވާއެއް ކޮށްފައިވެއެވެ. ފުރަތަމަ ދަޢުވާއަކީ، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދަޢުވާއެވެ. މި ދަޢުވާ ޔާފިސްގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

އޭނާގެ މައްޗަށް ދެވަނައަށް ދަޢުވާކޮށްފައިވަނީ، ހަމަ އެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ކުށުގެ ދަޢުވާއެވެ. މި ދަޢުވާވެސް ސާބިތުވެ، އޭނާ 3 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ.

ފަހު ދަޢުވާއަކަށް އޭނާގެ މައްޗަށް ކޮށްފައިވަނީ، ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރުމުގެ ދަޢުވާއެވެ. މިދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް 2 އަހަރަށް ޖަލު ޙުކުމެއް އައިސްފައިވެއެވެ. އެހެން ކަމުން 3 ދަޢުވާ ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ، ޖުމްލަ 10 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައެވެ.

ރައީސް ނަޝީދަށް އިންޒާރު ދިން މައްސަލާގައި އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް އައިއިރު، އެމަނިކުފާނު އަވަހާރަ ކޮށްލަން 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ވަނީ ބޮމުގެ ޙަމަލާއެއްވެސް ދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
MMA_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot

ޝަމްއާން 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ހަތް ކިލޯ ޑްރަގް މައްސަލާއާާ ގުޅޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

raees Nasheed

ދެން އެމްޑީޕީ ދޫނުކުރާނެކަމަށް ނަޝީދު ވިދާޅުވެއްޖެ

ސިނގިރޭޓު ވައްކަން: ވަހީދާއި އާއްޓެ އަދި މުއާޒުގެ ޝަރީއަތް މިއަދު ފަށަނީ