ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުން ލިބުނު އިތުރު ބާރެއް: ސައީދު

TTH_Ads
STO_Ads
Advertisement

ދިވެހިންގެ ނިވަލުގައި ތިބެގެން ބިދޭސީންނަށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމަށް ފުރުސަތު ނުދޭން އެންމެން އެއް ރޫހެއްގައި މަސައްކަތްކުރުމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.

ރޭ އެކްސްގައި މިނިސްޓަރު ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ އަވަހަށް ފިޔަވަޅު އެޅުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ރިޕޯޓުކުރެވޭނެ ނިޒާމެއް ސަރުކާރުން ހަމަޖެއްސުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ޒަމާންވީ މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 1979 ވަނަ އަހަރު އަމަލުކުރަން ފެށި އިންވެސްޓުމެންޓާ ބެހޭ ގާނޫނު 46 އަހަރު ފަހުން ނިމުމަކަށް ގެނެސް، މި ޒަމާނަށް ފެތޭ އަދި ކުރީގެ ތަޖުރިބާތަކުން ފާހަގަވެފައި ހުރި ޒަމާންވީ މައްސަލަތައް ހައްލުކުރެވޭނެ ގާނޫނެއް މުޅިން އަލަށް މިހާރު އެކުލަވައިލެވި އަމަލުކުރަން ފެށިފައިވެއެވެ.

HajjCop_ads
Advertisement

އިތުރަށް ސައީދު ވިދާޅުވީ އެ ގާނޫނަށް އަމަލުކުރަން ފެށުމަކީ ބިދޭސީން ނުގަވާއިދުން ރާއްޖޭގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ފުރިހަމަ ބާރުވެރިކަމާއެކު ގާނޫނު ތަންފީޒުކޮށް ފިޔަވަޅު އެޅުމަށް މި ސަރުކާރުން ފަހިކުރި މުހިއްމު ފުރުސަތެއް ކަމަށެވެ.

“އިރާދަކުރެއްވިއްޔާ، އަންނަ ހަފުތާއިން ފެށިގެން މިމަސައްކަތް ހަލުއިކޮށް، ރަނގަޅު ނަތީޖާތަކެއް ނެރެމުންދާތަން ފެންނާނެ.،” ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ސައީދު ވިދާޅުވިއެވެ.

އަދި އެކަމަށްޓަކައި ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާއި ތަންފީޒީ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރަން ރޭވިފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، މިއަދު ސަރުކާރުން ނެރުނު އިއުލާނާއެކު، ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތައް ފަސޭހައިން ރިޕޯޓުކުރާނެ ލިންކު އާއްމުކޮށްފައިވާ ކަމަށެވެ.

“މިފަދަ ކޮންމެ ކަންބޮޑުވުމެއް ޙައްލުކުރެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން. ނުގަވާއިދުން ވިޔަފާރިކުރާ އެކަކަށްވެސް ފުރުޞަތު ނުދިނުމަށް، އަދި ދިވެއްސެއްގެ ނިވަލުގައި ފިލައިހުރެ އަމިއްލަ ވިޔަފާރި ހިންގާ އެއްވެސް ބިދޭސީއަކަށް ޖާގަ ނުދިނުމަށް އަޅުގަނޑުމެން އެންމެން އެއްރޫޙެއްގައި އެއްބާރުލައިގެން.،” މި މައްސަލަ ހައްލުކުރުމުގައި ރައްޔިތުން ސަރުކާރާއެކީ މަސައްކަތްކުރުމަށް އެދިވަޑައިގެން ސައީދު ވިދާޅުވިއެވެ.

ސައީދުވަނީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުން މި ސަރުކާރުން ހައްލުކޮށް، ދިވެހިންގެ ވިޔަފާރިތައް ބާރުވެރިކުރުވައި ދިވެހިންގެ އަތްމަތި ތަނަވަސްކޮށް ތިޔާނގިކަން ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވާފަައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG

ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ

DSC

ބީއެމްއެލް މެދުވެރިކޮށް ކުރާ ޑޮލަރުގެ މުއާމަލާތްތައް އިތުރުވުމަކީ ވިޔަފާރިތައް ކުރިއަރަމުން އަންނަކަމުގެ ހެއްކެއް: ސައީދު

WhatsApp Image 2026 05 07 at 11.26.50

ބަންކަރިންގ ޚިދުމަތުން ލިބުނު އާމްދަނީ 1 ބިލިއަން ރުފިޔާއާ ގާތްކުރާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވެއްޖެ

367637 c81b0517 b

500 މިލިއަން ޑޮލަރުގެ ސުކޫކް އަނބުރާ ދެއްކުމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުވި ކަމެއް: މިނިސްޓަރު ސައީދު