ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނގުރާމައިން ބަލިވެ ޒަޔަނިސްޓުން އެނބުރި ދިޔައީ ނަގޫފިތި، ހުސްއަތާ: ޚާމަނާއީ

އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ
TTH_Ads
STO_Ads
Advertisement

12 ދުވަހުގެ ހަނގުރާމައިގައި ޒައިނިސްޓުނާއި އަދި އެމެރިކާގެ މައްޗަށް ކާމިޔާބު ލިބުނީ އީރާނަށް ކަމަށް، އީރާނުގެ ކަންކަމުގައި އެންމެ ފަހުބަސް ވިދާޅުވާ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ މިފަދައިން ވިދާޅުވީ އީރާނުގެ ޓީވީތައް މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ދެންމެ ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު މި ދެއްކެވީ، އީރާނަށް މިވަގުތު ދިމާވެފައިވާ އެކި އެކި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުންނެވެ.

HajjCop_ads
Advertisement

ޚާމަނާއީ ވިދާޅުވީ، އެ ހަނގުރާމައިގައި ޒައިނިސްޓުންނާއި، އެމެރިކާގެ މައްޗަށް އީރާނު ކުރި ހޯދައި ކާމިޔާބު ހޯދިކަމީ ދެބަސްވެވެންނެތް ހަގީގަތެއް ކަމަށެވެ.

ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުމަށްވުރެ، އެމެރިކާއަށާއި، ޒަޔަނިސްޓު ދައުލަތަށް ލިބުނު ގެއްލުންތައް އެތައްގުނަ އިތުރު ކަމަށްވެސް އީރާނުގެ ރޫހީ ލީޑަރު ވިދާޅުވިއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، ޒަޔަނިސްޓުން އީރާނަށް އައިސް އެނބުރި ދިޔައީ ބަލިވެ، ނަގޫފިތި ހުސްއަތާ ކަމަށެވެ.

އީރާނުގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ އީރާނަށް ހަމަލާދީގެން ޒައިނިސްޓުންނަށް ހާސިލްކުރެވުނު އެއްވެސް ކަމެއް ނެތްކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ނުސީދާ މެސެޖްތަކެއް ބަދަލުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާ އަކީ އީރާނާ މުއާމަލާތް ކުރުމާއި އެއްބާރުލުން ދިނުމުގެ ހައްގުވެރި ބައެއް ނޫން ކަމަށެވެ. ޚާމަނާއީ ވިދާޅުވީ އީރާނުން އެމެރިކާއާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށެވެ.

އެމެރިކާގެ އަމަލުތައް ހުންނަގޮތުން އެމެރިކާއާ މެދު ދުނިޔޭގައި ނަފުރަތު އިތުރުވަމުންދާ ކަމަށާއި، އެމެރިކާ ގާތްވި ކޮންމެ ތަނަކުން ފެންނަނީ ހަނގުރާމައާއި، ނަސްލުނައްތާލުމާއި، ފަނާކުރުންތަކާއި، އާންމުން މަގުމަތިވުން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

އެމެރިކާއަށް ލިބިފައިވާ އެންމެ ޒަމާނީ ހަތިޔާރު ޒައިނިސްޓުންނަށް ދީގެން އީރާނަށް ހަމަލާދިން ނަމަވެސް، އެމެރިކާއަށް ހާސިލްވި އެއްވެސް ކަމެއް ނެތްކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

މުޖުރިމު ނަތަންޔާހޫއަށް އިޝާރާތް ކުރައްވައި އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، ދުނިޔެމަތީގައި ހުރި އެންމެ ގިނަމީހުންގެ ނަފުރަތު ލިބިފައިވާ އިންސާނަކީ ޒައިނިސްޓު ދައުލަތުގެ ވެރިޔާ ކަމަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ