ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުޝްމަނުން އުޅުނު ޚަބަރާއެކު އީރާނުގެ ޖެޓުތައް އީރާން-އިރާގު ބޯޑަރަށް

STO_Ads
TTH_Ads
Advertisement

އިރާނާއި އިރާގު ވަކިކުރާ ބޯޑަރު ސަރަހައްދުން އިރާގުގެ ވައިގެ ސަރަހައްދުގެ ތެރޭގައި އިސްތިއުމާރީ އިސްރާއީލުގެ އަސްކަރީ ޖެޓުތަކެއް އުދުހުނު ޚަބަރާއެކު، އީރާނު ވައިގެ ސިފައިން އަސްކަރީ ހަރަކާތްތަކެއް އެ ސަރަހައްދުގައި ފަށައިފިއެވެ.

އެގޮތުން، އީރާނު ވައިގެ ސިފައިން މިގް-29 ޖެޓުތައް މުޅި ސަރަހައްދުގައި އުދުހޭ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

އީރާނު އަސްކަރިއްޔާއިން ބުނެފައިވަނީ، މިއީ، އާދައިގެމަތިން ސަލާމަތީ ކަންކަން ބެލުމަށް ކުރިއަށްގެންދާ މިޝަންއެއް ކަމަށެވެ.

MMA_Ads
HajjCop_ads
Advertisement

އިސްރާއީލުގެ ޖެޓުތައް އުދުހުނު ޚަބަރާއެކު، އިރާގުގެ ދެކުނާ އިންވެގެން އޮންނަ އީރާނުގެ ކަރްމަންޝާހްގެ އެއަރ ޑިފެންސް މިހާރު ވަނީ އެކްޓިވޭޓްވެސް ކޮށްފައެވެ.

އަދި އެއަރ ޑިފެންސް ޓެސްޓުތައް ކަރްމަންޝާހްއާއި، އީރާނުގެ ހުޅަނގުގެ ސަރަހައްދުތަކުގައި ވަނީ  ކުރިއަށް ގެންގޮސްފައެވެ.

ޚަބަރުތައް ބުނާގޮތުގައި، އިސްތިއުމާރީ އަސްކަރިއްޔާގެ ޖެޓުތައް އިރާގުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑައި، އިރާގުގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެ އަދި އީރާނުގެ ބޯޑަރާ ގާތަށް އުދުހުނީ އެމީހުން ކުރިއަށް ގެންދާ މިސައިލް ހަމަލާ ދިނުމުގެ ތަމްރީނުތަކުގެ ބައެއްގެގޮތުންނެވެ.

މި ތަމްރީނުތަކުގައި އެމެރިކާ ސިފައިންވެސް ބައިވެރިވި ކަމަށް، ޚަބަރުތައް ބުނެއެވެ.

އިސްރާއީލާ އެކު ކުރި 12 ދުވަހުގެ ހަނގުރާމައަށްފަހު އީރާނުންވަނީ، އެގައުމުގެ ކަނޑުގެ ސިފައިންގެ ލަޝްކަރަށް ހަނގުރާމައިގެ ހަތިޔާރާއި، ދިފާއީ ހަތިޔާރު ހޯދައި، އަދި އިތުރު ހަތިޔާރު ތަރައްގީކޮށް އެއްކޮށް ޖަމާކޮށްފައެވެ. އަދި އީރާނާ އެކުވެރި ބައެއް ގައުމުތަކުންވެސް ހަތިޔާރު ގަނެ، ޖަމާކޮށްފައި ވެއެވެ.

އީރާނު ކަނޑުގެ ސިފައިންގެ ޗީފް އޮފް ސްޓާފް، ދާދިފަހުވަނީ، ކަނޑުގެ ސިފައިންގެ ލަޝްކަރުގެ ތައްޔާރީތައް ބައްލަވާލައްވާފައެވެ. އަދި ކަނޑުގެ ސިފައިންގެ ގާބިލްކަން ވަރަށް އަވަހަށް ދައްކާލަންވެސް ދަނީ ތައްޔާރު ވަމުންނެވެ.

އިސްރާއީލާއެކު އީރާނުން ކުރި 12 ދުވަހުގެ ހަނގުރާމައިގައި އީރާނު ކަނޑުގެ ސިފައިން ބައިވެރިއެއް ނުވެއެވެ. އީރާނުން އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދިނީ، އީރާނުގެ ފަސްގަނޑުން އުދުއްސާލި މިސައިލާއި، ޑްރޯން ފައުޖުތައް މެދުވެރި ކޮށެވެ.

އެހެންކަމުން، އިސްރާއީލުން އީރާނާ ކުރިމަތިލާން ދެން ދިމާކޮށްފިނަމަ އީރާނުގެ ކަނޑުގެ ލަޝްކަރު ހަނގުރާމައިގައި ބައިވެރިވާނެ ކަމަށް މިހާރު ބެލެވެން ފަށާފައި ވެއެވެ.

އީރާނުން ހަނގުރާމައަށް ތައްޔާރުވަމުންދާތީ، އިސްރާއީލު ބަލި ކުރެވޭ ވަރަށް އީރާނަށް ތައްޔާރު ނުވެވެނިސް އީރާނަށް ހަމަލާ ދިނުމަށް އިސްރާއީލުގެ އެތެރެއިން ނަތަންޔާހޫއަށް ދަނީ ގޮވާލަމުންނެވެ.

އެކަމަށް ގޮވާލާ މީހުން ބުނަނީ، ފަހުން އިސްރާއީލަށް ލިބޭނޭ ނިކަމެތިކަން މާ ބޮޑުވާނޭ ކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MMA_Ads
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު

އީރާނުގެ ވަފުދު ސްވިޒަރލޭންޑަށް، އީރާނުން އަންގަނީ ވަފުދު ދިޔައީ އެމެރިކާއާ ވާހަކަދައްކަން ނޫން ކަމަށް

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި