ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖަރާސީމު ހުރި އިންފެންޓް ފޯމިއުލާއެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

Ii

އެމެރިކާއިން އުފައްދާ އިންފަންޓް ފޯމިއުލާއަކުން ޖަރާސީމު ފެނުމާ ގުޅިގެން، އެ އުފެއްދުން ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފިއެވެ.

ޖަރާސީމު ފެނިގެން ވިއްކުން މަނާކުރީ “ބައިހަރޓް ހޯލް ނިއުޓްރިޝަން އިންފަންޓް ފޯމިއުލާ” އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ އެ އިންފަންޓް ފޯމިއުލާއިން “ކުލޮސްޓްރިޑިއަމް ބޮޓުލިނަމް” ކިޔާ ޖަރާސީމެއް ފެނިފައިވުމުގެ ސަބަބުން، އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ޔޫއެސްއެފްޑީއޭއިން އަންގާފައިވާކަމަށެވެ. އަދި އެ މައުލޫމާތު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް މެދުވެރިކޮށް އެމްއެފްޑީއޭއާ ހިއްސާކޮށްފައިވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

އެމްއެފްޑީއޭއިން ބުނި ގޮތުގައި މި ޖަރާސީމަކީ “ބޮޓުލިޒަމް” ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެކެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޖަރާސީމު ފެނުނު އިންފަންޓް ފޯމިއުލާގެ ދަޅާއި ޕެކެޓު ރާއްޖެ އެތެރެކުރުމާއި ވިއްކުން އެމްއެފްޑީއޭއިން ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި