ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރަމްޕް
STO_Ads
TTH_Ads
Advertisement

ހޮރްމޫޒް ކަނޑުއޮޅި މުޅިން ހުޅުވާލަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފިއެވެ.

އެމެރިކާގެ ރައީސް އޭނާގެ އަމިއްލަ ސޯޝާލް މީޑިއާ ޕްލެޓްފޯމް “ޓުރުތު ސޯޝަލް” ގައި  ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލަން މިވަގުތުން ފެށިގެން އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދޭ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި އީރާނުން ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް އެމެރިކާއިން ހަމަލާދީ ހަލާކުކޮށްލާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ. ހަމަލާތައް ފަށާނީ އީރާނުގެ އެންމެބޮޑު އިންޖީނުގެއިން ކަމަށްވެސް ޓްރަމްޕްގެ މެސެޖްގައި ބުނެފައި ވެއެވެ.

HajjCop_ads
Advertisement

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކަށް ފަހުގައެވެ.

ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރި ނަމަވެސް، އެމެރިކާއާއި އިސްރާއީލާއި އަދި އީރާނަށް ހަމަލާދިނުމަށް ވާގިވެރިވާ ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓުފަހަރު ފިޔަވައި، އީރާނުން ހުއްދަދޭ އެހެން ގައުމުތަކުގެ އުޅަނދުތަކަށް ހޮރްމޫޒު ކަނޑުއޮޅި މިހާރުވެސް ހުރަސްކުރެވެއެވެ.

ހޮރްމޫޒް ކަނޑުއޮޅި ކުރިން އޮތްގޮތަށް ހުޅުވަން ޓްރަމްޕް އުޅުނީ ބާރުގެ ބޭނުން ކުރުމަށެވެ. ނަމަވެސް، އަސްކަރީގޮތުން އެކަން ނުކުރެވޭނެކަން އެނގޭތީ ޓްރަމްޕް މިހާރު މަސައްކަތް ކުރަނީ އީރާނަށް އެހެން ގޮތަކުން ގެއްލުންދީގެން އީރާނަށް ޕްރެޝަރކޮށްގެން އެ ކަނޑުއޮޅި ހުޅުވޭތޯއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒު ކަނޑުއޮޅި އަވަހަކަށް ހުޅުވިދާނޭކަމުގެ އުންމީދު އަނެއްކާވެސް ކުޑަވެއްޖެ

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި