ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި އޮސްޓްރޭލިޔާގެ ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމާއި ކަރޓިން ޔުނިވާސިޓީގެ ޕްރޮފެސަރ ޝިއޯޓިއަން ޒްޖަންގއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީން ގުޅިގެން ޢިލްމީ ދިރާސާތައް ކުރިއަށް ގެންދިއުމާއި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި އިންޓަރންޝިޕްގެ ފުރުޞަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސްއަޕް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

ދެ ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފި

އެމްއެންޔޫ އާއި އެންއައިސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް އެމް.ޕީ.އެލް އާއި އެމް.އެން.ޔޫއާ ދެމެދު ފަހުމުނާމާއެއް

Main 20251017 174340

އެމްބީބީއެސް ހެދި ފުރަތަމަ ބެޗްގެ ދަރިވަރުން އިންޓާންޝިޕް ނިންމާލައިފި

TTH_advertisement