ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ތަހުގީގަށްފަހު މެރުމަށް ހުކުމްކުރުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު : އދގެ ތަރުޖަމާނު

Sheikh haseena
STO_Ads
Maldivian_Ads
TTH_Ads
Advertisement

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މެރުމަށް ހުކުމްކުރުމާއެކު އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހަސީނާ މެރުމަށް އިއްޔެ އެ ގައުމުން ހުކުމްކޮށްފައިވަނީ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ކަންކޮޅުތަކުގައި އާންމުން ކުރި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު މަރުވެފައިވާ މައްސަލައިގައެވެ.

އެ މުޒާހަރާތަކުގައި 1،400 އެއްހާ މީހުން މަރުވެފައިވާ އިރު، އެ ހުކުމުގައި ވަނީ ޝެއިހް ހަސީނާ މެރުމަށް ހުކުމްކޮށްފައިވަނީ އިންސާނިއްޔަތާ ދެކޮޅަށް ހިންގި ކުށްތަކުގެ ސަބަބުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

HajjCop_ads
Advertisement

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މެރުމަށް ހުކުމްކޮށްފައިވާ އިރު، އެ ހުކުމާ މެދު ކަންބޮޑުވުން ފާޅުކޮށް އދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އދގެ އިދާރާގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ވިދާޅުވީ ހަސީނާގެ ޣައިރު ހާޒިރުގައި ކުރި ތަހުގީގަށްފަހު ޝަރީއަތް ކުރިއަށްގެންގޮސް ހުކުމް ކޮށްފައިވާ އިރު، އެ ޝަރީއަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޝަރީއަތެއް ކަމަށެވެ.

މަރަން ކުރި ހުކުމާ ދެކޮޅު ކަމަށާއި ހުރިހާ ގޮތަކުން ވެސް އެކަމާ ދެކޮޅު ކަމަށް އދގެ ތަރުޖަމާނު ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި އާންމުން ސަރުކާރާ ދެކޮޅަށް ނުކުމެ ކުރި ބޮޑެތި މުޒާހަރާތައް ކޮންޓްރޯލުން ނެއްޓި ވެރިކަން ވެއްޓެން ދިއުމާއެކު އޭރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެންފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nimaal

ބަންގްލަދޭޝްގައި ދިވެހި މަސްވެރިކަމާއި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވައިފި

ފުލުހުންނަށް ފަންނީ ތަމްރީނު ހޯދުމާ ގުޅޭގޮތުން ބަންގްލަދޭޝްއާއެކު މަޝްވަރާކޮށްފި

ބަންގްލަދޭޝްގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިފައިނުވާ މިންވަރަށް ހިމަބިހި ފެތުރެނީ

B 202608211131291787337089.2823

ބަންގްލަދޭޝްގެ އާ ރައީސަށް، ރައީސް މަރުޙަބާ ވިދާޅުވެއްޖެ