ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގެ ވެރިޔަކަށް އެމެރިކާއިން ހުށަހަޅަނީ ޓްރަމްޕް، ހޯމަދުވަހު ސަލާމަތީ މަޖިލީހުގައި ވޯޓަށް އަހާނެ

އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
STO_Ads
TTH_Ads
Advertisement

ޣައްޒާއަށް ބައިނަލްއަގްވާމީ ސިފަައިންގެ ފައުޖެއް ފޮނުވުމުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގައި ހޯމަދުވަހު ވޯޓު ނަގަން ތައްޔާރުވާން ފަށައިފިއެވެ.

ވޯޓު ނަގަން އުޅެނީ، ޣައްޒާއަށް ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ފޮނުވުމާ ގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލް އަކަށެވެ.

ޣައްޒާއަށް ސިފައިންގެ ފައުޖެއް ފޮނުވުމަކީ، ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ޕްލޭންގައި ހިމެނޭ ކަމެކެވެ.

HajjCop_ads
Advertisement

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާއިރު، ފުރަތަމަ ފިޔަވަހި މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ޣައްޒާއަށް ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ފޮނުވުމަކީ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ކަމެކެވެ.

މީގެއިތުރުން، ޣައްޒާގެ ވެރިކަން ހިންގުމާ މަތިކުރެވޭ ޓީމާ މަސައްކަތް ހަވާލުކުރުންވެސް ހިމެނެނީ މި ފިޔަވަހީގައެވެ. އެކަމަކު މިއީ އެންމެ ގޮންޖެހުން ބޮޑު ފިޔަވައްސަށް ވާނޭ ކަމަށް ބެލެވިފައި ވެއެވެ.

އެއްކަމަކީ، 2027 ވަނަ އަހަރާ ހަމައަށް ޣައްޒާގައި ވެރިކަންކުރަން “ބޯޑު އޮފް ޕީސް” ގެ ނަމުގައި ގަވަނިން ބޯޑެއް އެކުލަވާލަން ހުށަހަޅާފައިވާއިރު، އެ ބޯޑުގައި ޗެއަރއަކަށް ހުށަހަޅާފައިވަނީ އެމެރިކާގެ ރައީސެވެ ދެން ހިމެނެނީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އާއި، ޓްރަމްޕް ކަނޑައަޅާ ބައެކެވެ. ފަލަސްތީނު ސަރުކާރަށް އެއްވެސް ދައުރެއް ދީފައި ނެތެވެ.

އަނެއްކޮޅުން، ފަލަސްތީނު މިނިވަން ދައުލަތް ގާއިމްކުރުމުގެ ވާހަކައާއި، ޣައްޒާއިން އިސްރާއީލު ސިފައިން ބޭލުމުގެ ވާހަކަ ޕްރޮޕޯސަލްގައި އާރުލާގޮތެއްގައި ހިމަނާއެއް ނުވެއެވެ.

އަނެއް ކަމަކީ، ޣައްޒާއަށް ސުލްހަ ބަލައްޓާ އދގެ ފައުޖެއް ފޮނުވަން ފުރަތަމަ ވާހަކަ ދެއްކި ނަމަވެސް، އެމެރިކާގެ ރައީސްގެ ހުށަހެޅުން އައިއިރު، އޭގައި އޮތީ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ފޮނުވާ ވާހަކައެވެ.

އެ ފައުޖުގެ މަސައްކަތްތަކުގެ ތެރޭގައި، ޣައްޒާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ހަމާސްގެ މެމްބަރުންނާއި، ވިއުގަތައް ހޯދައި ހަމާސްގެ އަތުން ހަތިޔާރު އަތުލައި، ޣައްޒާއަކީ އެއްވެސް ބާވަތެއްގެ ހަތިޔާރު ނެތްތަނަކަށް ހެދުން ހިމަނާފައި ވެއެވެ.

މިކަންކަމާހެދި، އެމެރިކާއިން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅާފައިވާ ޕްރޮޕޯސަލްއަށް ރަޝިޔާ، ޗައިނާ އަދި އަރަބި ބައެއް ގައުމުތަކުން ވަނީ ދެކޮޅު ހަދާފައެވެ.

އިސްތިއުމާރީ އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫއައި، އިސްރާއީލުގެ އަސްކަރީ ވެރިން ބުނެފައިވަނީ، ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖުގައި ހިމެނޭނީ އިސްރާއީލު ރުހޭ ގައުމުތަކުގެ ސިފައިން ކަމަށެވެ.

އެމެރިކާއިން ފައުޖު އެކުވަލާލަމުން ގެންދާއިރު، މި ފައުޖުގައި ސިފައިން ހިމަނާނެ ކަމަށް ބެލެވުނު ބައެއް އަރަބި ގައުމުތަކުން މިހާރުވަނީ އެކަން ކުރުމަށް ފަސްޖެހިފައެވެ.

ސަބަބަކީ، ޣައްޒާގައި ބައިނަލްއަގްވާމީ އަސްކަރީ ފައުޖެއް ގާއިމްކުރުމުގެ މަގްސަދާމެދު ސުވާލުތައް އުފެދުމުންނެވެ.

މިއީ، އިސްރާއީލުގެ ހައްގުގައި ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަރަކާތްތެރިވާން އެމެރިކާއިން ގާއިމްކުރަން އުޅޭ ފައުޖެއް ކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް

އެމެރިކާގެ ގަރާރަށް ތާއީދުކުރާ ސަރަހައްދުގެ ގައުމުތަކަށް ހޮރްމޫޒު ދާއިމަށް ބަންދުވެދާނެ: އީރާން

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

އީރާނުން ހަމަލާދޭތީ ކަމަށް ބުނެ ޔޫއޭއީގެ އެއަރ ޑިފެންސް ނިޒާމުތައް އެކްޓިވޭޓްކޮށްފައި