ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝަރުޢީ މުހިންމު މަޢުޟޫތަކަށް މަޝްވަރާކޮށް ފަތުވާ މަހާސިންތާ ނިންމާލައިފި

STO_Ads
TTH_Ads
Advertisement

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބޭއްވި ފަތުވާ މަހާސިންތާ ނިންމާލައިފިއެވެ.

ފަތުވާ މަހާސިންތާ ބާއްވާފައިވަނީ، އާދިއްތަ ދުވަހުގެ ރޭގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމާއި، އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތް ކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި މަހާސިންތާއެއް ކަމަށެވެ. އަދި ރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުން ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

HajjCop_ads
MMA_Ads
Advertisement

މިއަހަރު ކުރިއަށްދިޔަ މަހާސިންތާގައި އެކި މައުޟޫޢުތަކަށް ދީނީ 3 ޢިލްމުވެރިއަކު ވާހަކަފުޅު ދެއްކެވިއެވެ. އަދި ތަޤުރީރުގެ ތެރެއިން މަހާސިންތާގައި ބައިވެރިވެ ވަޑައިގެންނެވި ޢިލްމުވެރިން މައުޟޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިފަހަރުގެ މަހާސިންތާގައި ތަޤުރީރުކުރެއްވި އެއް ބޭފުޅަކީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ. ޑރ. ޢަބްދުއްސައްތާރު ތަޤުރީރުކުރެއްވީ، ސުތުރާގެ ގޮތުގައި ލަކުޑި ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ހަދާފައިވާ ތަކެތި މިސްކިތުގައި ބެހެއްޓުމާ ބެހޭގޮތުންނެވެ.

މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރު ޑރ. މޫސާ އަންވަރު ޙަސަންވެސް ތަޤުރީރުކުރެއްވިއެވެ. ޑރ. މޫސާ އަންވަރު އަލިއަޅުވާލެއްވީ، ފުރާނަ ހުންނަ އެއްޗެހީގެ ސޫރަ ސިފަވާ ގޮތަށް މޮނިއުމެންޓް ނުވަތަ އެޒާތުގެ ތަކެތި ހެދުމާ ބެހޭގޮތުންނެވެ. އަދި ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި، ވަރިކުރުމާއި، ރުޖޫޢަ ކުރުމާ ބެހޭގޮތުން ފަތުވާދޭ މަޖިލީހުގެ މެންބަރު ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ތަޤުރީރު ކުރެއްވިއެވެ.

މިއަހަރު ބޭއްވި ފަތުވާ މަހާސިންތާއަކީ، މިގޮތަށް ބޭއްވި ދެވަނަ މަހާސިންތާއެވެ. މިފަހަރުގެ މަހާސިންތާގައިވެސް ގިނަ އަދަދެއްގެ ދިވެހި ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގަތް، މަޢުޟޫތަކަށް ޚިޔާލު ހުށަހަޅުއްވައި މަޝްވަރާ ކުރެއްވިއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވޯލްޑް މުސްލިމް ލީގުގެ ދައުވަތަކަށް ޝަހީމް މެލޭޝިޔާއަށް

Zuvaan Khatheebun

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ފަސްވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާއަށް ހަމަވަނީ

ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަޢުދީގެ ޓީމެއް ރާއްޖެއަށް