ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކޮށްފައިވާ ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް، ދާދިފަހުން ވަކި ދެ ރަށުގެ ގޮތުގައި ކަނޑައެޅި އައްޑޫހުޅުދޫ އާއި އައްޑޫމީދޫގައި މިއަދު ފަށައިފިއެވެ.

ދެރަށުގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ އިތުރުން މިއަދު ވަނީ މީދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ޚިދުމަތް ވެސް ފަށައިފައެވެ.

ހުޅުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ، ރޓޔ އަހްމަދު ފަސީޙް އެވެ. ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ފަސީޙް ވަނީ ހުޅުދޫގައި ޕްރިންޓްކުރި ޕާސްޕޯޓެއް އާއްމު ރައްޔިތަކަށް ދެއްވާފައެވެ.

MMA_Ads
HajjCop_ads
Advertisement

މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އެގޮތުން އެރަށުން ޕްރިންޓްކުރި ޕާސްޕޯޓާއި އައިޑީ ކާޑު އާއްމު ފަރާތަކަށް ވަޒީރު ޙަވާލުކޮށްދެއްވިއެވެ.

ޕާސްޕޯޓާއި އައިޑީ ކާޑު ރާއްޖޭގެ ހުރިހާ އަތޮޅަކުން ލިބޭގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެގޮތުން، މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކުން އެ ދެ ޚިދުމަތް ލިބޭގޮތް ހަމަޖައްސައިފައެވެ.

އެ ދެ ޚިދުމަތުގެ އިތުރުން އައްޑޫހުޅުދޫ އަދި އައްޑޫމީދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

ދެރަށަށް ޚާއްސަކޮށްގެން މަގުހެދުމުގެ މަޝްރޫޢާއި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު މިއަދު ފަށައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށާފައިވެއެވެ. ހުޅުދޫ އަދި މީދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންވި ޖަލްސާގައި މިއަދު ވަނީ ސ. އަތޮޅު މަދަރުސާގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށް، ޞިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްލެޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫހުޅުދޫ އާއި އައްޑޫމީދޫއަށް ވަޑައިގަތުމުން އެ ދެރަށުގެ ރައްޔިތުން ނުކުމެ ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ކިޔާފައިވެއެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

88887

ހުޅުދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި

immigration

ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފި

dhivehi passport

ދިވެހި ޕާސްޕޯޓު ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައި