ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއަށް ފޮނުވަން އުޅެނީ ސުލްހަ ބަލަހައްޓާ ފައުޖެއްނޫން! ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރާ ފައުޖެއް!

ޣައްޒާގެ އުތުރު
STO_Ads
TTH_Ads
Advertisement

 

ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެއް ޣައްޒާއަށް ފޮނުވަން އދގެ ސަލާމަތީ މަޖިލީހުން ފާސްކުރުމަށްޓަކައި އެކަމުގެ ގަރާރުގެ ދެލިކޮލީ އެމެރިކާއިން މިހާރުވަނީ އދގެ ސަލާމަތީ މަޖިހުގައި ހިމެނޭ މެމްބަރު ގައުމުތަކަށް ފޮނުވާފައެވެ.

މި ދެލިކޮޕީ އެމެރިކާއިން އެކުވަލާފައިވަނީ އެމެރިކާއިން ބޭނުންވާ ގައުމުތަކާ މަޝްވަރާ ކުރުމަށް ފަހުގައެވެ. އޭގެ ތެރޭގައި އިސްރާއީލުވެސް ހިމެނެއެވެ.

HajjCop_ads
Advertisement

އެމެރިކާއިން ބަހުސަށް ފޮނުވި ގަރާރުގެ ދެލިކޮޕީގައި ބުނެފައިވަނީ، ޣައްޒާއަށް ބައިނަލްއަގްވާނީ ސިފައިންގެ ފައުޖެއް ފޮނުވޭނީ ދެއަހަރުގެ މުއްދަތަށް ކަމަށެވެ.

މި ފައުޖުން ޣައްޒާގައި ކުރާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ޣައްޒާއާއި އިސްރާއީލު ވަކިކުރާ ބޯޑަރު ބެލެހެއްޓުމާއި، ޣައްޒާއާއި މިސްރު ވަކިކުރާ ބޯޑަރު ބެލެހެއްޓުމާއި، ޣައްޒާގެ އާންމުންނާއި އިންސާނީ އެހީ އެތެރެކުރާ ދޮރާށިތަކުގެ ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން، ފަލަސްތީނުގައި އަލުން ގާއިމްކުރާ ފުލުހުންގެ ފައުޖު ތަމްރީނު ކުރުންވެސް ހިމެނެއެވެ.

ކުރިން ވާހަކަ ދެކެވުނީ، ޣައްޒާގައި ގާއިމްކުރެވޭނީ ބައިނަލްއަގްވާމީ “ސުލްހަ ބަލަހައްޓާ” ފައުޖެއް ކަމަށެވެ.

އެ ފައުޖުގެ މަސައްކަތަކަށް ވާނީ، ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުން ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމާއި، އެއްބަސްވުމާ ޚިލާފް އެއްވެސް ކަމެއް ދެފަރާތުންވެސް ނުކުރާކަން ކަށަވަރު ކުރުން ކަމަށް ވާހަކަ ދެކެވުނެވެ.

ނަމަވެސް، އެމެރިކާއިން އެކުލަވާލި ދެލިކޮޕީ އައި އިރު ޣައްޒާއަށް ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމުގެ ވާހަކައެއް ނެތެވެ.

އެމެރިކާއިން ފޮނުވަން ހުށަހަޅާފައިވަނީ ބައިނަލްއަގްވާމީ ސިފައިންގެ ފައުޖެކެވެ. އެފައުޖުން ކުރާނެ މަސައްކަތްތަކުގެ ލިސްޓުގައި، ޣައްޒާތެރޭގައި “އަސްކަރީ އޮޕަރޭޝަންސްތައް” ހިންގުންވެސް ހިމެނެއެވެ.

އެންމެ މައިގަނޑު ކަމަކަށް އޮތީ ޣައްޒާއަކީ ހަތިޔާރު ނެތް ރަށެއްގެގޮތުގައި ހެދުމެވެ. ހަތިޔާރުނެތް ރަށެއްގެގޮތުގައި ހެދުމަށްޓަކައި ޣައްޒާ ތެރޭގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ކަނޑައަޅާފައި ވެއެވެ.

މާނައަކީ، އެމެރިކާއިން ފޮނުވަން އުޅޭ ފައުޖަކީ ޣައްޒާގައި ހަމާސްއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންސްތައް ހިންގައި، ހަމާސްގެ އަތުން ހަތިޔާރު އަތުލުމުގެ މަސައްކަތަށް ފޮނުވާ ފައުޖެއް ކަމެވެ.

މިއީ، އިސްރާއީލަށް ހަމާސްގެ ދުވަސް ދުއްވާނުލެވުމުން، އދގެ ތެރެއިން ބައިނަލްއަގްވާމީ ފައުޖެއް ފޮނުވައިގެން އިސްރާއީލުގެ ހައްގުގައި ހަމާސް ނަސްތާލަން ރާވައިގެން ކުރާންއުޅޭ ކަމެކެވެ.

ޣައްޒާގައި ހަމާސްގެ ފައުޖުތައް އަލުން ރުކުރުވާލައި، ހަމާސްގެ ވިއުގަތައް ހެދުމާއި، އިސްރާއީލަށް ނުރައްކާ ކޮށްފާނެ އެއްވެސް ތަނެއް ޣައްޒާގައި އަލުން ހެދިޔަ ނުދިނުމަށް ފޮނުވޭ ފައުޖެއް ކަމެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ބުނެފައިވަނީ، ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމެނޭނީ އަރަބި އިސްލާމީ  ގައުމުތަކުގެ ސިފައިން ކަމަށާއި، އެ ފައުޖަށް ހުރިހާ ޚަރަދެއްވެސް ކުރާނީ އެ ގައުމުތަކުން ކަމަށެވެ.

އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ ބުނެފައިވަނީ، އދއިން ފޮނުވާ ފައުޖުގައި ހިމެނޭނީ އިސްރާއީލުން ރުހުންދޭ  ގައުމުތަކުގެ ސިފައިން ކަމަށެވެ. ނަތަންޔާހޫއާއި އިސްރާއީގެ ވެރިން ފާޅުގައި ވަނީ، އެ ފައުޖުގައި ތުރުކީ ސިފައިން ހިމަނަން އެއްބަސް ނުވާނޭ ކަމަށް ބުނެފައެވެ.

މިހާރު އުފެދޭ ސުވާލަކީ، ސުލްހަ ބަލަހައްޓާ ފައުޖެއްގެ ބަދަލުގައި، އިސްރާއީލުގެ ހައްގުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރަން ފޮނުވާ ފައުޖެއްގައި ސިފައިން ހިމަނަން އަރަބި އިސްލާމީ ގައުމުތަކުން އެއްބަސްވާނެތޯއެވެ.

ފަލަސްތީނު ރައްޔިތުންގެ ޝުއޫރާއި ވިންދާއި ދެކޮޅަށް މަސައްކަތް ކުރަން އިސްލާމީ ގައުމުތަކުން އެއްބަސްވެދާނެތޯ އުފެދޭ ސުވާލެވެ.

އެމެރިކާއާއި އިސްރާއީލުން ރާވައިގެން މިއޮތީ ހުރިހާކަމެއް އޮޅުވާލާފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގެ ހިސާރު ފޫއަޅުވާލަން 54 ބޯޓު ހިމެނޭ ސުމުދް ފްލޮޓިލާގެ ގާފިލާ ތުރުކީން ފުރައިފި

ހޮރްމޫޒު ހުރަސްކުރުމަށް އެއްވެސް ހުރަހެއް ނެތް، ނުރައްކާއޮތީ އެމެރިކާގެ ފަރާތުން: އީރާނު ޚާރިޖީ ވަޒީރު

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

16 ގަޑިއިރުގެ ދަތުރަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް