ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިވިލް ކޯޓުގެ ހުކުމާއެކު ލޭބަރ ޕާޓީ އިއާދަކޮށްފި

TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމާއެކު އެ ޕާޓީ އަލުން އިއާދަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އިއާދަކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ ލޭބަރ ޕާޓީ އުވާލީ 2023ވަނަ އަހަރުއެވެ. އުވާލި އިރު އެ ޕާޓީގައި ތިބީ 2556 މެންބަރުންނެވެ.

MMA_Ads
HajjCop_ads
Advertisement

އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ސިވިލް ކޯޓަށް އެ ޕާޓީން ހުށަހެޅި މައްސަލަ ވަނީ މިދިޔަ މަހު ނިމިފައެވެ. ކޯޓުންވެސް ނިންމީ ޕާޓީ އުވާލީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ކޯޓުހުކުމާއެކު ލޭބަރ ޕާޓީ އަލުން ދަފްތަރުގައި ހިމަނާފައިވާއިރު އެ ޕާޓީގައި މިހާރު ތިބީ 1874 މެންބަރުންނެވެ. އެއީ އެ ޕާޓީ އުވާލުމާ ހަމައަށް ތިބި މެންބަރުންގެ ތެރެއިން އެހެނިހެން ޕާޓީތަކަށް މިހާރު ސޮއިކޮށްފައިވާ މެންބަރުން އުނިކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ލޭބަރ ޕާޓީ އިއާދަކުރުމާއެކު މިހާރު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީގެ އަދަދު 9 އަށް ވަނީ އަރާފައެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

election

މީދޫ ކައުންސިލް ރައީސް ހޮވުން: ވޯޓާސް ލިސްޓުގައި ސޮއިކުރުން މިއަދު

election

ބައި-އިލެކްޝަން: ކިޔުތައް ބަންދުކޮށްފި

Election

މައްސަލައެއް ދިމާނުވާނަމަ ވޯޓު ފޮށިތައް ގަޑިއަށް ބަންދުކުރާނެ: އިލެކްޝަންސް

election

ބައި-އިލެކްޝަންގެ ވޯޓު ފޮށިތައް ބުދަ ދުވަހު ފޮނުވަނީ