ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝާފިއު އާއި މުޒައްމިލު

Whatsapp image 2025 10 31 at 17.15.10
TTH_Ads
STO_Ads

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ހއ. އިހަވަންދޫ، އުދަރެސް، އަހްމަދު ޝާފިއު އާއި ގއ. ކަނޑުހުޅުދޫ، ޔުނިކޯ، މުޒައްމިލު ނާސިރު އައްޔަންކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުންނަށް ގާޒީ ކަމުގެ ހުވާ ލައިދެެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޝާފިއު އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި ހަތަރު އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެންމެފަހުން އޭނާ ހުންނެވީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައެވެ. އަދި އޭނާ އަކީ ޝަރުއީ ކޯޓްތަކުގައި އެކި މައްސަލަތަކުގައި ވަކާލާތު ކުރައްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ.

HajjCop_ads

މީގެއިތުރުން އޭނާ އަކީ ބާ ކައުންސިލްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މުޒައްމިލަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 11 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެވުުއިރު، އޭނާ ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރެއްގެ މަގާމުގަ އެވެ. އޭނާ ވެސް ވަނީ ޖިނާއީ އެކި އެކި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލިޓަން މަރާލުމުގެ ކުށުގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

43

11 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުންގެ ބަންދަށް 30 ދުވަސް

43

ޑްރަގްގެ މައްސަލައެއްގައި ހުކުމްކުރަން މީހަކު ހޯދަނީ

43

ސާހިލްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި