ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރަށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި

Zameer budget 2025 1 1024x683
Maldivian_Ads
TTH_Ads
STO_Ads
Advertisement

ސަރުކާރުން އަންނަ އަހަރަށް (2026) ލަފާކޮށް ޖުމްލަ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މާލީ ވަޒީރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވި މި ބަޖެޓުގެ ޖުމްލަ އަދަދަކީ 64,202,565,720 ރުފިޔާއެވެ.

މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރެވެއެވެ. މީގެތެރެއިން ރިކަރަންޓް ޚަރަދަށް 39.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދަށް 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކުރާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރަކީ 40.4 ބިލިޔަން ރުފިޔާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ބަޖެޓުގެ ބޮޑު ބައެއް، 9.3 ބިލިޔަން ރުފިޔާ، ވަނީ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމަށް ޚާއްސަކޮށްފައެވެ. މި ޚަރަދުތައް ނެގުމަށްފަހު އަންނަ އަހަރުގެ ބަޖެޓަކީ 55 ބިލިޔަން ރުފިޔާ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މި ބަޖެޓަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ހިމަނާފައިވާ ބަޖެޓެއް ކަމަށެވެ.

އަދި މިއީ ސަރުކާރަށް ވާރުތަވި ބޮޑެތި ދަރަނިތަކުން ދިވެހިން ސަލާމަތްކޮށް، މުސްތަގްބަލުގެ ޖީލުތަކަށް ބުރަ ބޮޑު ނުވާނެހެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވަރު ކުލަކޮށްދޭނެ ބިންގަލެއް ކަމަށެވެ.

މީގެ އިތުރުން، މި ބަޖެޓު ފަރުމާކޮށްފައިވަނީ ރައްޔިތުންގެ އާންމު ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު އަސާސީ ޚިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ގެނެސްދިނުމަށް ކަމަށާއި، ގައުމީ ތަރައްގީގެ މުހިންމު ލަނޑުދަނޑިތަކަށް ހަގީގީ ކުލަވަރު ގެނުވާނެ ބަޖެޓެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ބަޖެޓް ބަޔާން ނިންމަވައިލައްވަމުން ވަޒީރު މޫސާ ޒަމީރު ވަނީ، ހުށަހަޅާފައިވާ ގޮތަށް މި ބަޖެޓު މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި މަޖިލީހުން ކެއްތެރިކަމާއި ސާބިތު ކަމާއެކު ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި

mira

ޓެކުހާ ގުޅޭ ކުށާއި އަދަބުތަކަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފި

masverin

މަސްވެރިކަމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްފި