ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއިން މިއަދުވެސް ދެމިހުން ޝަހީދުކޮށްލައިފި، އެމެރިކާއިން ބުނީ އިސްރާއީލަށް ހަމަލާ ދެވޭނޭ ކަމަށް

STO_Ads
TTH_Ads
Advertisement

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ އިސްރާއީލުން މިއަދުވެސް ޣައްޒާއަށް ޑްރޯން ހަމަލާއެއް ދީ ދެމީހުން ޝަހީދު ކޮށްލާފައި ވެއެވެ.

އިސްތިއުމާރީ ޓެރަރިސްޓުން ޑްރޯން ހަމަލާއެއް ދީފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަބްސަން އަލް ކަބީރާ ސަރަހައްދަށެވެ.

މި ހަމަލާއާ ގުޅޭގޮތުން އިސްތިއުމާރީ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ.

MMA_Ads
HajjCop_ads
Advertisement

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، ޣައްޒާގެ އެކި ހިސާބުތަކަށް އިސްތިއުމާރީ ސިފައިން ހަމަލާދީ ވެތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 8 މީހުން ޝަހީދުކޮށް 13 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައި ވީނަމަވެސް، ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މަދުވި ނަމަވެސް ހުއްޓައެއް ނުލައެވެ.

އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއިން ސަތޭކައަށްވުރެ ގިނަމީހުން ޝަހީދުކޮށް އެތައްސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އިސްތިއުމާރީ ސިފައިންވަނީ ޣައްޒާގައި ވަރުގަދަ އަސްކަރީ އުދުވާނުތަކެއް ހިންގާފައެވެ. މިއީ، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ވެރިޔަކު އަވަހާރަކޮށްލަން ހިންގި އުދުވާނެކެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ މިއަދު ބުނީ، އެއީ އިސްރާއީލުން އެއްބަސްވުމާ ޚިލާފްވުން ކަމަށް އެމެރިކާއިން ނުދެކޭ ކަމަށެވެ.

އިސްރާއީލަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ފެންނަ ކޮންމެ ވަގުތަކު ހަމަލާދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށްވެސް ރޫބިއޯ ބުނެފައި ވެއެވެ.

އިސްރާއީލުން ޣައްޒާއަށް ހޮނިހިރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދިނީ، އިސްލާމިކް ޖިހާދުން އިސްރާއީލަށް ހަމަލާދޭން އުޅޭ ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް، އެ ޖަމާއަތުން ވަނީ އިސްތިއުމާރީންގެ ވާހަކަތައް ދޮގުކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
HajjCop_ads
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ސިފައިން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި، އީރާނުގެ ރައްދު އަންނާނެގޮތެއް އަދި ނޭނގޭ

ބިންހެލުންތަކުގައި ވެނެޒުއެލާއިން މަރުވި މީހުންގެ އަދަދު 589 އަށް އަރައިފި

ބައިތު ޔަހޫންއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ އެކަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

އެމެރިކާއިން ޑިމާންޑްކުރިޔަސް ލުބުނާނުން ސިފައިން ނުލާބާނަން: އިސްރާއީލު ޑިފެންސް މިނިސްޓަރު