ކުއްލި ޚަބަރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަލިފުށީގައި ހާއްސަ މަސައްކަތްތަކެއް

ސާވިސް ޗާޖް ޑޮލަރުން ދިނުަމަށް ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޓްރަމްޕް: ސުލްހަބަލަހައްޓާ ފައުޖެއް ވަރަށް އަވަހަށް ޣައްޒާއަށް ދާނެ. ނަތަންޔާހޫ ބުނީ، ދާނީ އޭނާ ކަނޑައަޅާ ބައެއް ކަމަށް

ފަލަސްތީނު ފުލުހުންތަކެއް ހުޅަނގު އައްސޭރީގައި:

ޣައްޒާގައި ގާއިމްކުރާ ސުލްހަ ބަލަހައްޓާ ބައިނަލްއަގްވާމީ ފައުޖުގައި ހިމަނަން ބޭނުންވަނީ އަރަބި ގައުމުތަކުގެ ސިފައިން ކަމަށާއި، އަދި އެފައުޖަށް ޚަރަދުކުރަންވެސް ބޭނުންވަނީ އަރަބި ގައުމުތަކުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ފައުޖު ވަރަށް އަވަހަށް ޣައްޒާގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނިތާ މާ ގިނައިރެއް ނުވަނީސް، އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ، ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމަނަން ޖެހޭނީ އިސްރާއީލު ބޭނުންވާ ގައުމުތަކުގެ ސިފައިން ކަމަށެވެ.

ނަތަންޔާހޫގެ ވާހަކަތަކުން، ޣައްޒާއަށް ފައުޖެއް ފޮނުވުމުގައި އެމެރިކާއަށް ދިމާވާނެ ގޮންޖެހުންތައް ހާމަވެގެންދާ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޚަބަރު ލިބޭގޮތުގައި، ޣައްޒާގައި ގާއިމްކުރާ ބައިނަލްއަގްވާމީ ފައުޖު އެކުލަވާލާނެ ގޮތުގެ މަޝްވަރާތަކެއް އެމެރިކާއިން އާދީއްތަ ދުވަހުވަނީ ގަތަރުގައި ކުރިއަށް ގެންގޮސްފައެވެ.

ޣައްޒާއަށް ބައިނަލްއަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވާނީ އދގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ގަރާރަކުންނެވެ. އެމެރިކާއިން މިހާރު ތައްޔާރުވަމުންދަނީ އެ ގަރާރު އެކުލަވާލުމަށެވެ.

ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމަނަންޖެހޭނީ އަރަބި ގައުމުތަކުގެ ސިފައިން ކަމަށާއި، އެ ފައުޖަށް ޚަރަދު ކުރާނީވެސް އެ ގައުމުތަކުން ކަމަށް ޓްރަމްޕް ބުނެފައި ވަނިކޮށް، ޓްރަމްޕްގެ ވާހަކަތަކަށް ނަތަންޔާހޫ މިވަނީ ގޮންޖަހާފައެވެ.

ޣައްޒާއަށް ފޮނުވާ ފައުޖުގައި ތުރުކީގެ ސިފައިން ހިމެނުމަށް ދެކޮޅު ހަދާނޭ ކަމުގެ އިޝާރާތެއް ނަތަންޔާހޫ ކުރިން ދީފައިވަނިކޮށް، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިއަދު މިވަނީ، ޣައްޒާއަށް ފޮނުވާ ފައުޖުގައި މެލޭޝިޔާ ސިފައިން ހިމަނަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

މެލޭޝިޔާއަކީވެސް އިސްރާއީލު ވަރަށް ރުޅިއަންނަ ގައުމެކެވެ. ސަބަބަކީ، ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރުމާއި، އިސްރާއީލުން ހިންގާ ޖަރީމާތަކާ ފާޅުގައި ދެކޮޅު ހަދާތީއެވެ.

އެމެރިކާއިން ހިތްހަމަ ނުޖެހޭނެކަން އެނގޭތީ ނަތަންޔާހޫ މިއަދު ބުނެފައިވަނީ، އިސްރާއީލަކީ “މުސްތަގިއްލު” ދައުލަތެއް ކަމަށާއި، އިސްރާއީލުގެ ގައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން، ޣައްޒާގައި ގާއިމްކުރާ ފައުޖުގައި ސިފައިން ހިމަނާނެ ގައުމުތައް ކަނޑައަޅާނީ އިސްރާއީލުން ކަމަށްވެސް ނަތަންޔާހޫ ބުނެފައި ވެއެވެ.

ދާދިފަހުން އިސްރާއީލަށް ޒިޔާރަތްކުރި އެމެރިކާގެ އިސް ވެރިންނާ އެ ވާހަކަ ދެކެވި، އިސްރާއީލު ބޭނުންވާ ގޮތަށް އެކަން ކުރުމަށް އެމީހުންވެސް އެއްބަސްވެފައިވާ ކަމަށް ނަތަންޔާހޫ ބުނެފައި ވެއެވެ.

ޣައްޒާއަށް ފޮނުވާ ފައުޖުގައި ހިމަނަން އިސްރާއީލު އެއްބަސްވާނީ އިސްރާއީލާ ސިޔާސީ ގުޅުން  ގާއިމްކޮށްފައިވަ އަރަބި ގައުމުތައް ކަމެއް، ނުވަތަ އެކަމުގައި އަރަބި އެހެން ގައުމެއް ހިމަނަން އިސްރާއީލު އެއްބަސްވާނޭ ކަމެއް ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަތަރާއި އިސްރާއީލުގެ “ގުޅުން ރަނގަޅުކުރަން” ނިއުޔޯކްގައި ސިއްރު ވާހަކަތަކެއް

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

ޣައްޒާއިން މިއަދުވެސް 7 މީހުން ޝަހީދުކޮށްލައިފި، ގެތަކާއި އިމާރާތްތައް ގޮއްވުން ނުހުއްޓޭ

“ފީފާ ޕީސް ޕްރައިޒް” ޓްރަމްޕަށް: ބުނީ ދުނިޔެ ސުލްހަވެރި ތަނަކަށް ހެދިއްޖެކަމަށް

TTH_advertisement