ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ޚިދުމަތްތައްވެސް ވީއައިއޭގެ އާ ޓާމިނަލަށް

Mal
STO_Ads
TTH_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޕެސެންޖާ ޓާމިނަލް އިން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިގޮތުން އައު ޓަރމިނަލުން ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޑިޕާޗަރ ސަހައްދުގައި އިއްޔެ ބޭއްވި ރިބަން ކެނޑުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.

26 ޖުލައި 2025 ގައި ހުޅުވި ވީއައިއޭގެ އައު ޓަރމިނަލުން އެންމެ ފުރަތަމަ ޚިދުމަތް ދީފައިވަނީ މޯލްޑިވިއަންގެ އެއާބަސް އޭ330 މަތިންދާބޯޓަށެވެ. ޗޮންގްޗިންގް އެއާލައިންސް އަކީ ވީއައިއޭގެ ޓީ1 އިން ޚިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި ދީނީ ތަރިކަ ރަމްޒުކޮށްދޭ ހިރިގަލުގެ ފަންނުވެރި ކެނޑުންތަކުން ފަރުމާކޮށްފައިވާ އައު ޓަރމިނަލްގައި، ރާއްޖޭގެ ހިތްގައިމު ކަނޑުގެ މަންޒަރުތަކާއި ޤުދުރަތީ ރީތި ރަށްތަކުގެ ނަލަކަމާއި ކުލަތައް ހިމަނާފައިވެއެވެ.

އާ ޓަރމިނަލުގައި 47 ޗެކިންގ ކައުންޓަރާއި، 6 ސެލްފް ސަރވިސް ކައުންޓަރާއި، 20 ޑިޕާޗަރ އިމިގްރޭޝަން ކައުންޓަރާއި 6 ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެއެވެ. އަދި މި ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިޔަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކުރީގެ ޓާމިނަލް ހުޅުވީ 1981 ވަނަ އަހަރުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 08 02 at 17.24.29

ވެލާނާ އެއަރޕޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޓްރާންޝިޕްމަންޓް ކާގޯގެ އާ ރެކޯޑެއް ގާއިމުކޮށްފި

90

ވީއައިއޭގެ އާ ޓާމިނަލްގައި ދަތުރުވެރިން ހިތްފަސޭހަކޮށްލަން އާ ޖާގައެއް ހުޅުވައިފި

velaana airport macl

ރާއްޖެއަށް އައުމަށް މިއަދު ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓުތަކެއް ކެންސަލްވެއްޖެ

velaana airport macl

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު 41 އަށް އަރައިފި