ކުއްލި ޚަބަރު

ގިރާވަރު ފަޅު ހިއްކާ ޑްރެޖަރު މި މަހުގެ 23 ގައި ރާއްޖެ އަންނާނެ: ރައީސް

އަންނަ މާޗް މަހުގެ ނިޔަލަށް އިތުރު 70 ޑޮލަރު އޭޓިމް ބެހެއްޓޭނެ: ރައީސް

ގާނޫނީގޮތުން ވަކި މީހަކު ތަފާތުކުރުމަކީ އަޅުގަނޑަށް އޮތް ޗޮއިސްއެއް ނޫން: ރައީސް

ޔަޒްމީދު މުހައްމަދަށް ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައްޔަން ކޮށްފި

ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސް ކަމުން ވަކިވުމާ ގުޅިގެން، އެ މަގާމަށް މިއަދު ޔަޒްމީދު މުހައްމަދު އައްޔަންކޮށްފިއެވެ.

ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނުގައި ތަމްސީލްކުރައްވާ މެންބަރަކަށް ހުންނެވި ޔަޒްމީދަށް މި މަގާމު ދެއްވީ، ފަނޑިޔާރު ނިޔާޒް އިއްޔެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނިޔާޒް އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުވެއެވެ. އެހެން ނަމަވެސް އެމަނިކުފާނު އަދިވެސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނަވައެވެ.

ކޮމިޝަނުގެ ބައްދަލުވުމަކުން ޔަޒްމީދަށް ނައިބު ރައީސްކަން ދިނުމަށް ނިންމާފައިވާ ކަމަށް އެނގިފައިވާއިރު، ކޮމިޝަނުގެ ވެބްސައިޓްގައިވެސް މިހާރު އެކަން ފެންނަން ހުރެއެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 31 at 17.15.10

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝާފިއު އާއި މުޒައްމިލު

438599 564a3b04 0

ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި

ޖޭއެސްސީގެ ރައީސްގެ މަގާމުން ރިޒާ އިސްތިއުފާ ދެއްވައިފި

ގުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، ފަތުހުﷲ ސަސްޕެންޑްކޮށްފި

TTH_advertisement