ކުއްލި ޚަބަރު

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

އައްޑޫ ސިޓީގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ބޭނުންވާ ވަކި ގޮތެއް ނެތް: ރައީސް

addu city

އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ވަކި ނަތީޖާއެއް ނެރުމަށް ސަރުކާރުން މަސައްކަތް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްުޔާ މިހެން ވިދާޅުވީ ބައެއް ފަރާތްތަކުން މިކަމުގައި ޙަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވަމުންދާތީ އެކަން ސާފުކޮށްދެއްވަމުންނެވެ.

އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ 3 ރަށެއް ސިޓީއިން ވަކިވުމަށް ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތާވަލުކޮށްފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. މިކަމަށް ޢިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވަކި ގޮތަކަށް ކަންތައްކުރުމަށް ބާރުއަޅަމުންދާ ފަދަ މޭރުމަކުން ވާހަކަތައްދައްކަމުންދާކަމަށެވެ. އެހެންނަމަވެސް މި ވޯޓު ނަގަނީ މިއީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެސިޓީގެ ބައެއް ރަށްރަށުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި ގުޅިގެން އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވާ އެކަމަށް ދާއިމީ ހައްލެއް ގެނައުމަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިހާރު ނެގުމަށް ތައްޔާރުވަމުންދާ ވޯޓަކީ، އައްޑޫ ސިޓީގެ ބައެއް ރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އެވަޢުދު ފުއްދެވުމަށްކުރައްވާ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ.

“އަޅުގަނޑަށް އެކަން ކުރެވޭނީ ޤާނޫނީ ނިޒާމުގެ ތެރެއިން އެކަމަށް ސަރުކާރުން ޖެހޭނީ ރައްޔިތުން ގާތު އަހަން. އެހެންކަމުން އެރައްޔިތުން ނިންމާ ކޮންމެ ގޮތަކީ ސަރުކާރުގެ ސްޓޭންޑް، ސަރުކާރުން ތާޢީދުކުރާނެ ގޮތް. ސަރުކަރުން ވަކި ޕްރިފަރކުރާ އަދި ބޭނުންވާ އެއްވެސްކަމެއް އެކަމުގައި ނެތް. މިހާރު އޮތް ކޮމްޕޮޒިޝަން ބޭއްވުންކަމަށް ވިޔަސް އަދި ވަކި ވަކި ކައުންސިލަތަކެއް ހަދަން ނިންމެވިޔަސް އެކަމަށްވެސް ސަރުކާރުގެ ފުރިހަމަ ތާޢީދުލިބޭނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށް ރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އައްޑޫގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުގެ ތާޢީދު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރީރަޖިސްޓަރ ކުރަން ހުޅުވާލި ފުރުސަތުގައި 200 އަށްވުރެ ގިނަ މީހުންވަނީ ރީރަޖސްޓަރވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީ ފޭދޫން ގެއްލިގެން ހޯދަމުންދާ މީހާ އަދިވެސް ނުފެނޭ

addu

ވިއްސާރައިގައި އައްޑޫގެ 4 ގެއެއްގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް

addu

އޮޕަރޭޝަން އަލިމަގު: އައްޑޫން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

addu city

އައްޑޫ ކެޕޭސިޓީ 17 މެގަ ވޮޓަށް ރަމަޟާން މަހުގެ ކުރިން އިތުރު ކުރެވޭނެ: ނަޖާޙް

TTH_advertisement