ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފަސްކޮށްދޭން އިސްރާއީލު އެމެރިކާގެ ކިބައިން އެދިއްޖެ

އިސްރާއީލުން ބޮންއަޅައި ޣައްޒާ ސުންނާފަތިކޮށްލާފައި:
STO_Ads
TTH_Ads
Maldivian_Ads
Advertisement

ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްދޭން އިސްތިއުމާރީ އިސްރާއީލުން އެމެރިކާގެ ކިބައިން އެދިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ، އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން އާންމުކުރި ރިޕޯޓެއްގައެވެ.

އެގޮތުން ބުނެފައިވަނީ، ހަމާސްއިން ހަތިޔާރު ބަހައްޓައި އަދި އަމަލުން އެކަން ސާބިތުކުރަންދެން ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްދޭން އިސްރާއީލުން އެދިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެފައިވަނީ، ހަމާސްއިން ޣައްޒާގައި ހަދާފައިވާ ޓަނަލްތައް ނައްތާލުމަކީވެސް، އިސްރާއީލުން އެމެރިކާއާއެކު މިހާރު ވާހަކަ ދައްކަމުން އަންނަ އެއް މައްސަލަ ކަމަށެވެ.

ހަމާސްގެ ޓަނަލްތައް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ރަފަހްގައި ފަށަން އެމެރިކާއިން ޕްލޭން ކޮށްފައިވާ ކަމަށާއި، އެކަމަށް އިސްރާއީލު މިހާރު އެއްބަސްވެފައިވާ ކަމަށްވެސް ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެފައި ވެއެވެ.

ޣައްޒާގައި ވެރިކަންކުރާ ހަމާސް ހަތިޔާރު ބަހައްޓައި އަދި ޣައްޒާއިންވެސް ފައިބައިގެން ދިއުމަކީ އިސްރާއީލުން ބޭނުންވާ ގޮތެވެ.

އެހެން ނަމަވެސް، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގައި ހަމާސް ހަތިޔާރު ބަހައްޓަން އެއްބަސްވެފައެއް ނުވެއެވެ.

ހަމަލާތައް ހުއްޓާލަން ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭނެއްގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

ޓްރަމްޕްގެ ޕްލޭންގައި، މުސްތަގްބަލުގައި ޣައްޒާގައި ވެރިކަން ކުރުމުގައި ހަމާސްގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް ކަނޑައަޅާފައި ވެއެވެ.

ހަމާސްއިން ބުނެފައިވަނީ، ޣައްޒާގެ ވެރިކަން އޮންނާނެ ގޮތަކާއި، ވެރިކަން ކުރާނެ ބަޔަކު ކަނޑައެޅުމަކީ ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި، އެކަމަށް ގޮތް ކިޔާނީ  ބޭރުގެ ފަރާތްތަކުން ނޫން ކަމަށެވެ.

އިސްރާއީލުން ދެއަހަރު ވަންދެން ކެނޑިނޭޅި ބޮންއަޅައި، މިސައިލުން ހަމަލާދީ އަދި ބޮޑުބަޑީގެ ހަމަލާތައް ދީގެންނާއި، ބުލްޑޯޒަރުން ޣައްޒާގެ ގެތަކާއި، އިމާރާތްތަކުގެ 90 އިންސައްތަ ސުންނާފަތިކޮށް ބިމާހަމަކޮށްލާފައި ވާއިރު، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާއެކު، ޣައްޒާ އަލުން ބިނާކުރަން އެހީތެރިވާން އަރަބި އިސްލާމީ ގައުމުތަކާއި، ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ޝާއުގުވެރިކަން ފާޅުކޮށްފައި ވެއެވެ. ޓްރަމްޕްގެ ޕްލޭންގައިވެސް އެކަން ހިމެނެއެވެ.

އެކަން ކުރަން ފަސްކޮށްދޭން އިސްތިއުމާރީ ބާރުން އެމެރިކާގެ ކިބައިން އެދުނު އިރު، ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ގާފުނިތައް ނަގައި ތަންތަން ސާފުކުރުމަށް ހެވީ ވެހިކަލް ޣައްޒާއަށް އެތެރެކުރަންވެސް އިސްތިއުމާރީ ބާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދގެ އާންމު މަޖިލީހުގައި ޗައިނާގެ ނުސީދާ ބަހުގެ ހަމަލާތައް އެމެރިކާއަށް

އީރާނުގެ ހުށަހެޅުމަށް ޓްރަމްޕް ހެދީ ދެކޮޅު، އީރާނު މިހާރުއޮތީ ދެން އަޅާނެ ފިޔަވަޅަކަށް ބަލަން

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް