ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވީޒާ ނުދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފައި: ޝަކީލް

TTH_Ads
STO_Ads
Advertisement

ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޙައްޖު ވީޒާ ދޫނުކުރުމަށް ސަޢުދީ ސަރުކާރުން ނިންމަވާފައިވާކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް މިހެން ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރުގެ ޙައްޖުގެ އަޅުކަމަށް މީހުން ގެންދިއުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްވަމުންނެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް އަންނަ އަހަރު ޙައްޖު ވީޒާ ދޫނުކުރުމަށް ނިންމަވާފައިކަން ސައުދީ ސަރުކާރުން އެންގެވީ މިދިޔަ ބުރާސްފަތިދުވަހުކަމަށެވެ. މީގެ ތެރޭގައި ހިތުގެ ބައްޔާއި ކިޑްނީ ބައްޔާއި ނާރުގެ ބަލިތަކާއި ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ހުންނަ ފަރާތްތައް ހިމެނޭކަމަށް ސައުދީގެ ޙައްޖު މިނިސްޓްރީން އެ ކޯޕަރޭޝަނަށް އަންގަވާފައިވާކަމަށްވެސް ޝަކީލު ވިދާޅުވިއެވެ.

MMA_Ads
HajjCop_ads
Advertisement

ޝަކީލް ވިދާޅުވީ މި ބަދަލާއެކު ޙައްޖުގެ ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލާ މެޑިކަލް ޓެސްޓުތައް ހެއްދުމަށް އަންގާނެ ކަމަށެވެ. އަދި އެ ޓެސްޓުތައް ޙައްޖު ކޯޕަރޭޝަންގެ މެޑިކަލް ޓީމުތަކުން ބަލައި، އިތުރު ޓެސްޓް ހަދަންޖެހޭނަމަ އެ ޓެސްޓުތައް ހެދުމަށް އަންގާނެ ކަމަށާއި ވީޒާ ލިބޭކަން ނުވަތަ ނުލިބޭކަން އެނގޭނީ އެ ރިޕޯޓު ސައުދީގެ ޙައްޖު މިނިސްޓްރީއާ ހިއްސާކުރުމުންކަމަށްވެސް ޝަކީލު ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ބާރު ނުހިނގާ ކަންތައްތަކެއް މިހާރު މިއައީ. މިހެން ދެންނެވި ނަމަވެސް ބައްޔެއް އަދި ހުރިނަމަވެސް ވިސާ އިޝޫ ނުކުރާނެއެކޭ ނޫން. އޭގެ ބޮޑު ކުޑަމިނަށް ބައްލަވާނެ އެބޭފުޅުން (ސައުދީގެ ޙައްޖު މިނިސްޓްރީ). އެހެންވީމަ ހައްދަވަންޖެހޭ ޓެސްޓުތަކެއް ހައްދަވައި، އެ ބޭފުޅެއްގެ ސިއްޙީ ހާލަތު ހުރި ގޮތް ހާމަވީމަ އޭގެ އެއްޗެއް ދަންނަވާލަން އެނގޭނީ. މިސާލަކަށް އާދައިގެ ހިތުގެ މައްސަލައެއް ހުރުމަކުން ނޫނީ ކިޑްނީގެ ކުޑަކުޑަ މައްސަލައެއް ހުރުމަކުން މީގަ އަދި މައްސަލަތަކެއް ނާންނާނެ،” ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ ޙައްޖުގެ ފުރުސަތު ލިބިފައިވާ މީހާއަށް ބޮޑު ބައްޔެއްގެ ސަބަބުން ވީޒާ ނުލިބޭކަން ސައުދީ ސަރުކާރުން ކަނޑައަޅުއްވާ ހާލަތްތަކުގައި، އެމީހަކު ބޭނުންވާ އެހެން މީހަކަށް އެ ފުރުސަތު ދެވޭނެ ކަމަށެވެ.

ޝަކީލް ވިދާޅުވީ ސައުދީ ސަރުކާރުން ނިންމަވާ މިފަދަ ނިންމެވުންތަކަކީ ހުރިހާ ޙައްޖުވެރިންގެ ރައްކާތެރިކަމަށް ނިންމަވާ ނިންމެވުންތަކެއްކަމަށެވެ.

ހައްޖުގެ އަޅުކަމަށް ސަޢުދީ އަރަބިއްޔާއިން ރާއްޖެއަަށް މިހާރު ދެމުން އަންނަނީ 1000 ކޯޓާއެވެ. ނަމަވެސް ސަރުކާރުން ގެންދަވަނީ އެ އަދަދު އިތުރުކުރުމަށް ސައުދީގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.

MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

Hajj & Umra

ޙައްޖުވެރިން އެނބުރި އަންނާތީ ހުމާއި ރޯގާއަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ޙައްޖުވެރިންގެ ދެވަނަ ގްރޫޕު 262 ހައްޖާޖީންނާއި އެކު ރާއްޖެ އައުމަށް ފުރައިފި

Main 20260529

ޙައްޖުވެރިން މިނާގެ އަޅުކަން ނިންމައި މައްކާއަށް އެނބުރި ދާން ފަށައިފި