ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މުޅިން ހުއްޓިފައިވާ މަަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރަނީ އުސޫލުގެތެރެއިން، ގެއްލުން ނުވާނެގޮތަށް: ރައީސް

STO_Ads
TTH_Ads
Advertisement

ރަށްރަށުގައި ހުއްޓިފައިވާ މަޝްރޫޢުތަކުގެ އެއްބަސްވުންތައް ބާޠިލުކޮށް، އެ މަޝްރޫށުއުތައް ކުރިއަށްގެންދިއުމަށް އެހެނިހެން ކުންފުނިތަކާ ހަވާލުކުރަނީ އުސޫލުގެ ތެރެއިން ދައުލަތަށް ގެއްލުން ނުވާނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ށ. އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ފީވަކަށް ވަޑައިގަތުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކާއި، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައިގެން ކުރިއަށްގެންދަވާނެގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

އާބަދީގައި 600 މީހުން ދިރއުޅެމުން އަންނަ ފީވަކުގެ ބޮޑު މިނުގައި 80 ހެކްޓަރު ހުންނައިރު މީހުން ދިރިއުޅޭމުންދަނީ ކުޑަ ސަރަޙައްދެއްގައެވެ. ރަށުގެ ބޮޑު ބަޔަކީ ޗަކަ ސަރަހައްދެކެވެ. އެހެން ކަމުން ގޯތި ދޫކޮށްގެންވެސް އެ ސަރަހައްދުތަކުގައި މީހުން އެސަރަހައްދުތަކުގައި އާބާދުކުރުމަށް ވަނީ ދަތިވެފައެވެ.

ށ. ފީވަކަށް ވަޑައިގެން އެެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގައި ގޯތިދޫކޮށްފައިވާ ސަރަހައްދަކީ ޗަކަ ސަރަހައްދެއްކަމުގައިވާތީ، އެސަރަހައްދުގައި މީހުން އާބާދުކުރުމށް ހުރި ދަތިތަކަށް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

HajjCop_ads
MMA_Ads
Advertisement

ފީވަކުން 136 ގޯތި ވަނީ ދޫކޮށްފައެވެ. ގޯތި ދޫކޯށްފައިވާ ތަނުން ރައްޔިތުންނަށް އެ ސަރަހައްދު ބޭނުން ކުރެވޭނެގޮތަށް ފަސްއެޅުން އެމްޓީސީސީން ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“މިރަށުގެ ތަރައްޤީގެ ދުވެލީގައި އިތުރު ހަލުވިކަމެއް ގެނެސްދީ ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ފުއްދައިދީ އަދިވެސް ބޭނުންވާކަންކަން ކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް. މޫދައް އެރޭ ސަރަޙައްދާއި ދެން ހުރި މަޝްރޫޢޫތައްވެސް ކުރިއަށްގެންދާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ފެށި ސްކޫލްގެ އައު މަޝްރޫއަކީ ޖާގައިގެ ދަތިކަމަށް ޖުމްލަ ހައްލެއްލިބި، ތަޢުލީމީ ހަޔާތް ފުރިހަމަ އުސްމިނަކަށްގެންދިޔުމަށްޓަކައި އެޅޭ މުހިއްމު ފިޔަަޅެއްކަމަށެވެ. އަދި މި މަޝްރޫޢުވެސް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ސަރުކާރުން ކޮންމެ މަޝްރޫޢުއެއްވެސް ކުރިއަށްގެންދަނީ އޮންނަ އުޞޫލްގެ ތެރެއިންކަމަށާއި، ހުއްޓިފައި ހުރި މަޝްރޫޢޫތަކުގެ އެއްބަސްވުންތައް ބާތިލްކޮށް އެހެން ކުންފުނިތަކާ ހަވާލުކުރަނީ ދަޢުލަތަށް ގެއްލުން ނުވާގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް ކުރިއަށްގެންދަނީ އިތުރަށް ފައިސާ ޚަރަދުނުވާނެގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފީވަކުގެ ސިއްޙީ ޚިދުމަތައް އަލިއަޅުވާލައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ފެންވަރު ރަނގަޅުކުރުމަށްޓަކައި 24 ގަޑިއިރަށް ޚިދުމަތްދޭ ތަނަކަށް އެރަށު ސިއްޙީ މަރުކަޒު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އެގޮތުން މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށާއި، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުުކުރުމަށްޓަކައި ހުއްޓިފައި އޮތް މަޝްރޫޢު އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތް ކުރިއަށްގެންދަން ހަވާލުކުރި ކުންފުނިން 2 ހަފްތާގެ ތެރޭގައި ބާރުދުވެލީގައި މަސައްކަތް ކުރިއަށް ނުގެންދާނަމަ އެ އެއްބަސްވުން ބާޠިލްކޮށް އެހެން ބަޔަކާ ހަވާކުރައްވާނެކަމަށްވެސް ރައީސުޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MMA_Ads
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް