ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުންތެރިން ސޮއިކުރި ޖޯޒީއާއި މިއަދުގެ މެޗުގެ ވީއައިޕީ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު

STO_Ads
TTH_Ads
Advertisement

މިއަދު ރާއްޖެއާއި ތަޖިކިސްތާނު ބައްދަލުކުރާ އޭއެފްސީ އޭޝިއަންކަޕް ކޮލިފައިން މެޗަށް ވީއައިޕީ ދެ ޓިކެޓާއި ގައުމީ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ހާއްސަ ޖާޒީއެއް ހޯދުމުގެ ފުރުސަތު ޕީއެސްއެމް އިން ހުޅުވާލައިފިއެވެ.

ޔޭސް ޓީވީން ލައިވްކުރުމަށް ހަމަޖެހިފައިވާ މި މެޗުގެ ކުރިން ބާއްވާ ޕްރީ ޝޯގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ދޫކޮށްލާ މި ޖޯޒީ ހޯދުމަށް މިހާރު ޕީއެސްއެމް އެއާރ މެދުވެރިކޮށް މެސެޖު ކުރެވޭނެއެވެ.

ވީއައިޕީ ދެ ޓިކެޓާއި ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ ހޯދުމަށް މިއަދު 3 ޖެހުމާއި ހަމައަށް ޕީއެސްއެމް އެއާރ އެޕްލިކޭޝަނަށް ވަދެގެން މެސެޖު ކުރެވޭނެއެވެ.

MMA_Ads
HajjCop_ads
Advertisement

ގައުމީ ޓީމުގެ ޖާޒީއާއި މި ދެ ޓިކެޓު ލިބޭ ފަރާތެއް ހޮވާނީ ޕްރީ ޝޯވްގެ ތެރެއިންނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ގަލޮޅު ދަނޑަށް ވަދެ ޓީމަށް ސަޕޯޓުކޮށްދިނުމެވެ.

އަދި މިވަގުތު ޕޮއިންޓެއް ނުލިބި އޮތުމުގެ ސަބަބުން މި މެޗުން ޕޮއިންޓެއް ހޯދައިގެން ނޫނީ ދެން ރާއްޖެއަށް ކުރިޔަށް ދެވެން ނެތް އިރު ސަޕޯޓަރުންގެ ތަރްހީބަކީ ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށާއި ސުން ކަނޑުވާލުމަށް އިތުރަށް މަސައްކަތް ކުރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުވެސް ވަނީ ފާހަގަކޮށްފައެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

MWSC_ads
MPL_Ads
Advertisement
MPL_Ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ސްކޮޑު އިޢުލާންކޮށްފި

ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕްގެ ގުރު ނަގައިފި

Palestine team

ރާއްޖެ އާއި ފަލަސްޠީނު މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

ފުޓްބޯޅަ ކުރިއެރުވުމަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނަން: ރައީސް