ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ނަގާ ވޯޓުގެ ސުވާލުތަކާއި، މަޢުލޫމާތު ކަރުދާސް ޢާންމުކޮށްފި

addu city
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލުގެނައުމަށް އެ ސިޓީގެ ތިން ރަށެއްގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ އިޞްލާހު ގެންނެވި ސުވާލުތަކާއި، މަޢުލޫމާތު ކަރުދާސް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވައިފިއެވެ.

މި މަހުގެ 6ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑު އަތޮޅު ހުޅުދޫއާއި އެ އަތޮޅު މީދޫއާއި ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް އެމަނިކުފާނު ޤަރާރަކުން ކަނޑައެޅުއްވިއެވެ. އެ ޤަރާރާއެއްގޮތަށް އާންމު ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޚާއްސަ ޤަރާރުގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު އެ ވޯޓެއް ނެގުމަށް ޤަރާރަކުން ކަނޑައަޅުއްވަންޖެހިވަޑައިގަންނަވައެވެ. އަދި އެ ޤަރާރެއްގައި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހަޅުއްވާ ސުވާލުތައް ތަފްސީލުކޮށް ބަޔާންކުރެވިފައި ހުންނަންޖެހެއެވެ.

HajjCop_ads
Advertisement

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ސުވާލުތައް އިޞްލާޙުކުރައްވައިފައިވާ ގޮތް:
1- އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު:
“އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟”

2- އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު:
“އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟”

3- އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު:
“އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟”

އިލެކްޝަނސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރައްވާފައެވެ. އެކޮމިޝަނުން ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25ވަނަ ދުވަހު ހެނދުނު 8:00ން ހަވީރު 4:00 އަށްކަމަށެވެ. އަދި ވޯޓުގެ ނަތީޖާ 26ވަނަ ދުވަހު އިއުލާންކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި