ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުގެ 20 ގައިދީން ހޯމަދުވަހު ހެނދުނު މިނިވަންކުރަން ތައްޔާރުވެއްޖެ

އިސްތިއުމާރީ ސިފައިން ބޮންއަޅައި ޣައްޒާއަށް ހަދާލާފައިވާގޮތް
STO_Ads
TTH_Ads
Advertisement

ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ގައިދީން މިނިވަން ކުރުމުގެ ފުރަތަމަ ބުރު ހޯމަދުވަހު އޮންނާނެ ކަމަށް އިސްރާއީލުން ކަށަވަރު ކޮށްދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްރާއީލު ސަރުކާރުގެ ތަރުޖަމާނެވެ.

ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލު ގައިދީންގެ ތެރެއިން މި ވަގުތު ދިރިތިބި 20 މީހުން މާދަމާ އެއްފަހަރާ މިނިވަން ކުރުމަށް ހަމަޖެހިފައިވާ ކަމަށް، ތަރުޖަމާނު ބުނެފައި ވެއެވެ.

HajjCop_ads
Advertisement

ދިރިތިބި ގައިދީން ހޯމަ ދުވަހު މިނިވަން ކުރުމަށްފަހު، ގައިދީންގެ ތެރެއިން މަރުވެފައިވާ 28 މީހުންގެ ހަށިގަނޑުވެސް އެކި ފަހަރުމަތިން ހަވާލުކުރުމަށް ހަމަޖެހިފައި ވެއެވެ.

އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު ބުނެފައިވަނީ، އިސްރާއީލު ޖަލުތަކުގައި ތިބި ފަލަސްތީނު ގައިދީން މިނިވަން ކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލު ގައިދީން އިސްރާއީލާ ހަމައަށް ފޯރުމުން ކަމަށެވެ.

އިސްރާއީލުން މިހާރުވަނީ، ފަލަސްތީނު ގައިދީންގެ ތެރެއިން މިނިވަން ކުރުމަށް ހަމަޖެހިފައިވާ ގައިދީން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަދާފައިވާ ދެ ޖަލަކަށް ބަދަލުކޮށްފައެވެ

ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ 1،700 ގައިދީން މިނިވަން ކުރުމަށް ހަމަޖެހިފައި ވެއެވެ މިނިވަން ކުރެވޭ މީހުންގެ ތެރޭގައި އުމުރަށް ޖަލަށް ލާފައިވާ 250 މީހުން ހިމެނޭ ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.

ކުރިން ވެވުނު ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުންތަކުގައި ގައިދީން މިނިވަން ކުރުމަށް ޚާއްސަ ރަސްމިއްޔާތުތަކެއް ބޭއްވި ނަމަވެސް މިފަހަރު އެފަދަ ކަމެއް ނޯންނާނެ ކަމަށް ވެއެވެ.

ފަލަސްތީނު ގައިދީން މިނިވަން ކުރުމުން އުފާފާޅުކުރުމުގެ އެއްވެސް ކަމެއް ކުރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

ހަމާސްއިން މިނިވަންކުރާ އިސްރާއީލު ގައިދީން ހަވަލާކުރާނީ ޣައްޒާގެ އެކި ހިސާބުތަކުން ރެޑް ކްރޮސްއާއެވެ. އެމީހުން އިސްރާއީލު ސިފައިންނާ ހަމައަށް ގެންގޮސްދޭނީ ރެޑް ކްރޮސްއިންނެވެ.

ގައިދީން މިނިވަން ކުރުމުގެ ވަގުތަށް އިސްތިއުމާރީ އަސްކަރިއްޔާއިން ވަރަށް ވަރުގަދައަށް ތައްޔާރު ވެފައިވާއިރު، ހަމާސްގެ އަތްދަށުގައި ތިބި މީހުން ތިބި ތަންތަނަށް ވާސިލްވެ ހަމާސްއިން އެކަން ކުރާނީ ކިހިނެއް ކަމެއް ސާފެއް ނުވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްތިއުމާރީ ސިފައިން މިހާރުވަނީ އެމީހުން ޣައްޒާގައި ތިބި ހިސާބުތަކުން ދެބައިކުޅަ އެއްބަޔަށް ފަހަތަށް ޖެހިފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ އެކި ރަށްތަކަށް ބޮންއަޅައި މިއަދު އެކަނިވެސް ދެ ކުޑަކުދިން ހިމެނޭހެން 9 މީހުން މަރާލައިފި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި