ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

1234

ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ހިންގާ މަޝްރޫއުގެ ކާމިޔާބީތައް ބަލާ ދިރާސާ ކުރުމަށް ހައި ލެވެލް ޑޯނަރ މިޝަންގެ ވަފުދު މިއަދު ހެނދުނު ތ.ހިރިލަންދޫއަށް ކުރި ޒިޔާރަތުގައި އެރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ތަރައްގީކޮށް މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސް މުހައްމަދު މުޢިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މި ސިޔާސަތު ތަންފީޒުރުމަށްޓަކައި އައި.އެސް.ޑީ.ބީ އަދި އެލް.އެލް،އެފް އާއި ގުޅިގެން ހިންގާ މަޝްރޫޢު މެދުވެރިކޮށް މިހާރު ވަނީ އޮޑި ދޯނި ފަހަރުގައި މަސް ފިނިކޮށް ރައްކާކުރުމަށް ބޭނުންވާ އާރް.އެސް.ޑަބްލިއު ސިސްޓަމް އަދި ޖަނަރޭޓަރ ސެޓް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިވެހި މަސްވެރީންނާއި އޮޑިވެރީންނަށް ލިބުނު ކުރިއެރުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް އައިސް، ލިބުމަށްހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އައިސް ޕްލާންޓް އިތުރުކޮށް، އޮޑި ދޯނިފަހަރުގައި ލޮނުފެނުން، މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މަގުފަހި، ކޮށްދެއްވުމަކީ ރައީސް ޑރ. މުއިއްޒު ވަރަށް ހާއްސަ އަހައްމިއްޔަތުކަން ދެއްވާކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ މި ސިޔާސަތުގެ ދަށުން، އައިއެސްީބީ އަދި އެލް.އެލް އެފް އާއި ގުޅިގެން، ސަރުކާރުން ހިންގާ 13.6 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާ މި، ޕްރޮޖެކްޓުގެ ދަށުން، ސިސްޓަމް ހަރުކޮށްފައިވާ އަދި ހަރުކުރަމުންދާ ގިނަ ދޯނި ފަހަރަށް، ލުއި ފަސޭހަތަކެއް ލިބިގެން ގޮސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

66

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!