ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަޖިލީޙުގެ މި ދައުރަށް 27 ބިލެއް ހުށަހާޅާނެ: ރައީސް

TTH_Ads
STO_Ads
Advertisement

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިސްލާހު ހިމެނޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ދައުރަށް 27 ބިލެއް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރައްވަމުންގެންދަކާވަކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގައި 27 ބިލެއް ހުށަހަޅާއިރު އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލެވޭ 12 ޤާނޫނެއް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ އަލަށް ހުށަހަޅާ ބިލުތަކުގެ އިތުރަށް ޤާނޫނު އަސާސީއަށްވެސް މުހިއްމު އިސްލާޙްތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ.

HajjCop_ads
Advertisement

” ޤާނޫނު އަސާސީއަށް އަޅުގަނޑުމެން ގެންނަ މައިގަނޑު އެއް އިސްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުގެ އިސްލާޙް. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭކަމެއް ވީމަ، ޤާނޫނޫ އަސާސީއަށް ގެނަނަ އިސްލާޙް ހިމެނޭގޮތަށް 27 ބިލެއް ހުށަހަޅަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މަޖިލީހަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ވަށާޖެހޭ ތަރައްޤީ ހާސިލުކުރުން ހަރުދަނާ ކުރުމުގެ ބިލުތައް ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮަރަޕްޝަން ނައްތާލުމާއި ގުޅުން ހުރި 6 ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ.

” ކޮަރަޕްޝަންގެ މައްސަލަ ހައްލުކުރުމަށް މިހާރު ހުރި ޤާނޫނުގެ ތެރެއިން ހުރިހުރަސްތައް ނައްތާލާ މިކަން ހަޤީގީ މާނައިގައި ރާއްޖޭގެ ނިޒާމްގެ ތެރެއިން އިރިޑިކޭޓް ކުރުމަށްޓަކައި ކުރެއްވެން ހުރި މަސައްކަތްތަކަށް އިސްލާޙްތައް މި ގެންނަނީ. ޤާނޫނު އިސްލާހްވެގެން އެކަނި ވާ ކަމެއް ނޫން މިއީ. ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބެންޖެހޭ ކަންކަން މިއީ “ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށް ހުށަހަޅާ އިސްލާޙްތަކުގެ ތެރޭގައި މަނީލޯންޑަރިން އަދި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ހުށަހަޅުއްވާ އިސްލާހުތަކާއި މުޅިން އަލަށް އެކުލަވާލާ އެސެޓް ރިކަވަރީ ބިލާއި ޖިނާޢީ އިޖުރާތުގެ ޤާނޫނަށް ގެންނަ އިސްލާޙުތަކާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނަ އިސްލާހުތަކާއި އަދި ޤާނޫނުލްއުޤޫބާތަށް ހުށަހަޅުއްވާ އިސްލާހުތައް ހިމެނޭކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނަށް ގެންނަ އިސްލާހުތަކާއެކު ޖުޑީޝަރީ އާއި އޭސީސީގެ އިތުރުން ފުލުހުންނަށާއި ޕީޖީއަށްވެސް ޤާނޫނީ ނިޒާމްގެ ތެރެއިން މަައްސަލަތަކަށް ފިޔަވަޅު އެޅުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމަށް ހަތް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވައިފި

ފުލުހުންގެ އިންސްޕެކްޓަރ ކޯސް 6 ފަށައިފި

ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކާ ގުޅޭ ތަހުގީގަކަށް ދެ މީހަކު ހޯދަނީ

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި