ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަންޏާމީދޫގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އދ. ހަންޏާމީދޫއަށް ވަޑައިގެން އެރަށުގައި ސަރުކާރުން ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ކުޅިވަރާއި ހަށިހެޔޮކަމާ ގުޅޭ ދެ މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.

ހަންޏާމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން އެވެ.

ހަންޏާމީދޫގައި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ކުރިއަށްގެންދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމާއި އެރަށުގައި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތެވެ. ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ވޮލީ ކޯޓުގެ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

HajjCop_ads
Advertisement

ހަންޏާމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އަލަށް އިމާރާތްކުރި ކައުންސިލް އިދާރާ ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. އަދި، އެ އިދާރާގައި ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހަންޏާމީދޫ ހިމެނޭ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޠާރިގު ބައިވެރިވަޑައިގަތެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B02813ab 7f78 4e65 b9f1 6f69bdb4ece0

މަގޫދޫ އެއަރޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިމޭނެ : ސަޢުދީ

Main 20261010

ކާށިދޫގައި ފިޒިއޮތެރަޕީގެ ހިދުމަތް ފަށައިފި

mdp

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

Gujjg9hasaavzra

އިންޑިއާ ކަނޑުގެ ސަލާމަތަށް ބޮޑެތި ބާރުތަކުގެ އެހީ ބޭނުންވާ ކަމަށް ނަޝީދު ވިދާޅުވެއްޖެ