ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަނގެތީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާނީ ރައްޔިތުން އެދޭގޮތަށް: ރައީސް

428245 daeed389 a
TTH_Ads
STO_Ads
Advertisement

ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ބަނދަރުގެ މަޝްރޫޢަކީ އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗަށް އެކި ގޮތްގޮތުން ނުހަނު ބޭނުންޖެހިފައި އޮތް 3 މަޝްރޫޢުކަން ފާހަގަކުރައްވައި، މި މަޝްރުޢޫތައް ކުރިއަށް ގެންދަވާނީ ރައްޔިތުން އެދޭގޮތަށް ކަމަށާއި، މި މަޝްރޫޢުތައް ނިމިގެންދާއިރު، ޢުމްރާނީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިފަދައިން ޔަޤީންކަންދެއްވައި ވާހަކަފުޅުދައްކަވާފައި މި ވަނީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހާކަފުޅުދައްކަވަމުންނެވެ.

ދަނގެތީ ސްކޫލު ހޯލުގައި މިއަދު ހެނދުނު، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަނދަރާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާ، މި 3 ކަމަކީވެސް ގުޅިލާމެހިފައި އޮތް 3 ކަންތައްކަމަށާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން މި 3 މަސައްކަތް ކުރިއަށްގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި މިއީ ރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑަށް ހައްލުކުރަން ޖެހިފައި އޮތް 3 މައްސަލައަށްވާއިރު، މި މަޝްރޫޢުތައް ކުރިއަށް ގެންދަވާނީ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

MMA_Ads
HajjCop_ads
Advertisement

މީގެ އިތުރުން، އދ. ދަނގެތީގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަވާ، އަދި ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އިތުރު ބައެއް މަޝްރޫޢުތަކަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން، މިއަދު ސޮއިކުރެވުނު ދަނގެތީ ސްކޫލުގެ 10 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢު ނިމިގެންދިއުމުން ދަރިވަރުންނާއި ބެލެނިވެރިން އަދި ޖުމުލަ ގޮތެއްގައި ހުރިހާ އެންމެންނަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތް ނިމުމުގެ ކުރިންވެސް، ސްކޫލުގެ ކުލާސްރޫމްތަކާއި، މިހާރު ބޭނުންކުރަމުންދާ ހޯލާއި އެނޫންވެސް މުހިންމު ތަންތަން ފިނިކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ބިން ހަމަޖެހިގެން ދިއުމާއެކު ހެލްތު ސެންޓަރުގެ އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި، 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތްވެސް ރަށުގައި ތަޢާރަފުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ހަމަ މިއާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އދ. ދަނގެތީގައި ޒަމާނީ ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އދ. ދަނގެތީ ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމާއި، ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެއްޓެވުމުގެ އިތުރުން، އދ. ދަނގެތީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MMA_Ads
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

463010 3d542535 7

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭނެ: ރައީސް

463029 725cd6d7 f

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތިކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

461573 1409cdbf c

އިސްދޫ-ކަލައިދޫގައި އާ އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި

Sstv FORM FOR EC

ޒަމާނީ މާރުކޭޓު ކޮމްޕްލެކްސްއެއް އެޅުމަށް ހުރަސްއަޅަނީ ސިޓީ ކައުންސިލުން: ރައީސް