ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ހިދުމަތްދޭ 70 ތަނެއް ބަންދުކޮށްފި

MFDA

މާލެ ސަރަހައްދުގައި ކާބޯތަކެތި ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދިޔަ ހާއްސަ އިންސްޕެކްޝަންގެ ތެރެއިން 1000 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށް، 70 ތަނެއް ބަންދުކޮށްފައިވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ކާބޯތަކެތި ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އެއްކުރުމަށް އެމްއެފްޑީއޭ އިން އިންސްޕެކްޝަން ކުރިއަށްގެންދިޔައީ މިދިޔަ މަހުގެ 21 އިން ފެށިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށެވެ.

އެ އިންސްޕެކްޝަނާ ގުޅޭގޮތުން އެމްއެފްޑީއޭ އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސްޕެކްޝަންގައި ކާބޯތަކެތީގެ ހިދުމަތްދޭ ޖުމުލަ 1010 ތަނެއް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެ އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެ، އާނުކޮށް ހިންގަމުންދާ ތަންތަނުގެ އިތުރުން އެ އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް ހިންގަމުންދާ ތަންތަން ހިމެނޭ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

“މި އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް ގަވާއިދާ ހިލާފަށް ހިންގަމުންގެންދާތީއާއި، ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އާނުކޮށް ހިންގަމުންގެންދާތީ 70 ތަނެއް މި އިންސްޕެކްޝަންގައި ވަނީ ބަންދުކުރެވިފައެވެ. މީގެ ތެރެއިން ހުއްދަ އާކުރުމަށާއި ރަޖިސްޓަރީކުރުމަށް ފޯމު ހުށަހަޅާފައިވާތީ، 27 ތަނަކަށް ހުއްދަ ދޫކުރެވިފައިވެއެވެ..،” އެމްއެފްޑީއޭ

އެމްއެފްޑީއޭ އިން އެ އިންސްޕެކްޝަން ކުރިއަށްގެންދިޔައީ މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި