ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވަނީ

TTH_Ads
STO_Ads
Maldivian_Ads
Advertisement

އައްޑޫގައި ހިންގާ މަދު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިލާ މޯލްޑިވްސް ރިސޯޓު ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ.

2020 ވަނަ އަހަރު ކޮވިޑް-19ގެ އާލަމީ ވަބާއާ ގުޅިގެން ބަންދުކުރި ރިސޯޓު އަލުން ނުހުޅުވި ގިނަ ދުވަސްވުމަކީ އައްޑޫ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި އެއީ ނިމުނު އެމްޑީޕީ ސަރުކާރުގައި އަލުން ހުޅުވައިދޭން ވައުދުވެ ނުކުރެވި އޮތް ކަމެެކެވެ.

އަދި ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި އޮޕަރޭޝަނަށް ގެނައުމަށް މަގުފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

HajjCop_ads
Advertisement

2009 ވަނަ އަހަރު އައްޑޫ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑްއަށް ރިސޯޓު ތަރައްގީކުރަން ދޫކުރި އައްޑޫ ވިލިިނގިލީގައި ތަރައްގީކުރި ޝަންގްރިލާ ރިސޯޓު ބަންދުކުރިއިރު އެތަނުގައި 500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދިޔައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ ރިސޯޓު އަލުން ހުޅުވުމާ ގުޅޭ ގޮތުން އައްޑޫ އިންވެސްޓްމެންޓްސް ކުންފުންޏާއި، އެހެނިހެން ހިއްސާވެރިންނާ ވާހަކަދައްކަައި މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ޑިސެންބަރު 31 ވަނ ދުވަހުގެ ކުރިން ޝަންގްރިލާ ރިސޯޓު އަލުން ހުޅުވައި ހިންގަން ފަށާނެކަމުގެ ޔަގީންކަން އައްޑޫ އިންވެސްޓްމެންޓްސް ކުންފުނިން މިނިސްޓްރީއަށް ދީފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޝަންގްރިލާ ރިސޯޓަކީ އައްޑޫގެ ތަރައްގީއަށް މުހިއްމު ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކޮށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ އެ ރިސޯޓު ބަންދުކުރުމާ ހަމައަށްވެސް އައްޑޫ ސިޓީގެ ތަރައްގީއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކަނެކްޝަންސް އިތުރުކުރުމުގައި އެ ރިސޯޓުގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ.

އެ ރިސޯޓު އަލުން ހުޅުވުމުން އައްޑޫގެ އިގުތިސާދަށް އިތުރު އާރޯކަން ލިބޭނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ މުޅި ރާއްޖެއަށް ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް މިނސިްޓްރީން ބުނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި