ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބެއިޖިން ކެޕިޓަލް އެއާލަައިނަށް ހިދުމަތް ދޭން ފަށައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

މި އަހަރުގެ މިނިވަން ދުވަހު އިފުތިތާހުކުރެވުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ބެއިޖިން ކެޕިޓަލް އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.

ބެއިޖިން ކެޕިޓަަލް އެއާލައިނަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުމާއެކު، މިހާރު ފަސް އެއާލައިނަކުން ދަތުރުކުރާ ފަސިންޖަރުންނަށް އެ ޓާމިނަލުން ހިދުމަތް ލިބޭނެއެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި، އެއާ އަރަބިއާއާއި، ބިއޯންޑް އެއާލައިން އަދި ފިޓްސް އެއާގެ އިތުރަށް މިއަދު ހިދުމަތް ދޭން ފެށި ބެއިޖިން ކެޕިޓަަލްއެވެ.

މިއަދު އައު ޓާމިނަލުން ހިދުމަތް ދޭން ފެށި ބެއިޖިން ކެޕިޓަލްއަކީ އެ ޓާމިނަލުން ހިދުމަތް ދޭ ޗައިނާއަށް ނިސްބަތްވާ ފުރަތަމަ އެއާލައިންއެވެ.

HajjCop_ads
Advertisement

ބެއިޖން ކެޕިޓަލް އެއާލައިންސްއަށް އައު ޓާމިނަލުން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އައު ޓާމިނަލުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއެވެ. އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިގްނާޒު މަންސޫރާއި އެމްއޭސީއެލްގެ ސީނިއާ މެނޭޖުމަންޓާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮަަށްދެއްްވީ އެމްއޭސީއެލްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ އާދިލް މޫސާއެވެ.

ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިންގް ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

އެއާޕޯޓް ޓެކުހާއި ފީން ދައުލަތަށް 2.5 ބިލިޔަން ރުފިޔާ

finance

ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ

990

އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި

Mal

ބަޓިކް އެއަރ އަދި ބެންކޮކް އެއާވޭސް ވެސް ވީއައިއޭގެ އާ ޓާމިނަލަށް