ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމް.ޕީ.އެލް ގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

MPL
TTH_Ads
STO_Ads

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ އެޕްރެންޓިސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން ޤައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން އެމް.ޕީ.އެލްއިން ހިންގާ ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން 30 ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެއީ:

1. މެރިން މެކޭނިކް އެޕްރެންޓިސް ( 3 ޖާގަ)
2. ހެވީ ވެހިކަލް މެއިންޓެނެންސް އެޕްރެންޓިސް (10 ޖާގަ)
3. އިލެކްޓްރީޝިއަން އިންސްޓޮލޭޝަން އެންޑް މެއިންޓެނެންސް އެޕްރެންޓިސް – (6 ޖާގަ)
4. އެޑްމިނިސްޓްރޭޓިވް އެޕްރެންޓިސް – (1 ޖާގަ)
5. ފަރުނީޗަރު ކާރޕެޓްންޓްރީ އެޕްރެންޓިސް – (4 ޖާގަ)
6. ވެލްޑިން ޓްކްނިކްސް އެޕްރެންޓިސް – (6 ޖާގަ)

Maldivian_Ads

މި ޕްރޮގްރާމަކީ 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5000ރ ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 29 ސެޕްޓެންބަރު 2025 ވާ ދުވަހުގެ 15:30ގެ ކުރިން ފޯމު ހުށެހެޅުމަށް އެމްޕީއެލް އިން އެދެމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންގެ ޝަރުތުތަކާއި ފޯމު ހުށަހަޅާ ގޮތުގެ މަޢުލޫމާތު ގެޒެޓް ކުރެވިފައިވާ އިއުލާން https://bit.ly/4nHWCbs އިން ލިިބޭނެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަބްދުﷲ: އެމްޕީއެލްގެ ވަޒީފާގައި 31 އަހަރު

އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފި

Screenshot 2026 04 12

ލަންކާގައި ނުގެނެވިހުރި 2,500 ކޮންޓެއިނަރު ރާއްޖެ ގެނެސްފި

MPL Rishvan

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ރިޝްވާން އިސްތިއުފާދެއްވައިފި