ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމް.ޕީ.އެލްގެ އަހަރީ ހަފްލާ ބާއްވައިފި

TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޕޯޓްްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމް.ޕީ.އެލްގެ “އެނިވާރސަރީ ނައިޓް” ބާއްވައިފިއެވެ.

ހެންވޭރު ދަނޑުގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސައީދެވެ. މި ހަފްލާގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން، އެމް.ޕީ.އެލްގެ ބޯޑް މެމްބަރުން، އަދި ސަރުކާރުގެ ބައެއް ވުޒާރާތަކާއި މުޢައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވިއެވެ. އަދި އެމް.ޕީ.އެލްގެ ކުރީގެ ބައެއް މެނޭޖިން ޑިރެކްޓަރުން، ކުރިން ކުންފުނީގެ މެނޭޖްމަންޓްގައި މަސައްކަތްކުރެއްވި ބޭފުޅުން އަދި ބައެއް ކަސްޓަމަރުންވެސް ބައިވެރިވަޑައިގަތެެވެ. އަދި އެމް.ޕީ.އެލްގެ ގިނަ އަދަދެއްގެ މުވައްޒަފުންވެސް ބައިވެރިވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އެމް.ޕީ.އެލްއަށް ގިނަ އަހަރުތަކެއް ޚިދުމަތްކޮށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް އެރުވިއެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.

MMA_Ads
HajjCop_ads
Advertisement

އަދި، މި އަހަރުގެ ކުރީކޮޅު ނިޔާވި އެމް.ޕީ.އެލްގެ ސެކިއުރިޓީ ސާރވިސަސްގެ މުވައްޒަފެއް ކަމަށްވާ އަލްމަރްޚޫމް ރަފީޤް އަޙްމަދުގެ ޚިދުމަތުގެ ހަނދާނަށް ޚާއްސަ އެވޯޑެއް ވަނީ އަރުވައިފައެވެ. އެމް.ޕީ.އެލްއަށް 29 އަހަރު ޚިދުމަތްކުރެއްވި އަލްމަރްޚޫމް ރަފީޤް އަޙްމަދުގެ ޢާއިލާއަށް މި އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ ސައީދެވެ.

މީގެ އިތުރުން، އެމް.ޕީ.އެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށްވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ އެވޯޑް ހަވާލުކޮށްދެއްވައިފައެވެ. އެއީ ރައިޒިން ސްޓާރ އެވޯޑް، އައުޓްސްޓޭންޑިންގ އެެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިންގ ލީޑަރޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ.

މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ކޯޕަރޭޓް މެގަޒިން “އުޅަނދު”ގެ ފުރަތަމަ އަދަދު ވަނީ ލޯންޗްކޮށްފައެވެ. މި މެގަޒިން ލޯންޗްކޮށްދެއްވީ އެމް.ޕީ.އެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ކަމާލުއްދީނެވެ.

އަންނަ އަހަރަކީ އެމް.ޕީ.އެލްއިން 40 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށްވާތީ، އެ މުނާސަބަތުގެ ޚާއްސަ ލޯގޯ މިރޭ ވަނީ އިފްތިތާހްކޮށްފައެވެ. އަދި، 40 ވަނަ އަހަރީ ދުވަހުގެ ކައުންޓްޑައުން ވަނީ މިރޭ ރަސްމީކޮށް ފަށައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ 40 އަހަރަށް ކުރިމަތިލާއިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި މި އަހަރުގެ ރަމަޟާން މަހު އެމް.ޕީ.އެލްެގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ “މަށަށް އެނގޭ” ކުއިޒްގެ އެއްވަނައަށް ދިޔަ މުވައްޒަފަަށް ހުށަހަޅި މޮޓޯ ސައިކަލް މިރޭގެ ހަފްލާގައި ހަވާލުކުރިއެވެ. އަދި މީގެ އިތުރުން ރަސްމިއްޔާތުގައި ބައިވެރިވި މުވައްޒަފުންގެ މެދުގައި ލަކީ ޑްރޯއެއް ނަގައި، ގިނަ އިނާމުތަކެއް ވަނީ މުވައްޒަފުންނަށް ދީފައެވެ.

އެމް.ޕީ.އެލްގެ 39 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތާ މިހާ ކުލަގަދަކޮށް ފާހަގަކުރުމުގެ މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، އާލާކުރުމުގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުންޏަށް އައި ކުރިއެރުންތައް ފާހަގަކޮށް، އެކަމުގެ ފަހަތުގައި ކުންފުނީގެ މުވައްޒަފުންގެ ހުރި މިންނެތް މަސައްކަތް ފާހަގަކުރުމެވެ.

އެމް.ޕީ.އެލްގެ 39 އަހަރުގެ ދިގު ތާރީޚަށް ބަލާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، ޒަމާނީ ބަނދަރުގެ ޚިދުމަތްތައް ތައާރަފްކުރުމާއި، ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ގިނަކުރުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމް.ޕީ.އެލް އިން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ބޯޑުން ރައިޝަމް އަދި ވީއެމްސީ ބޯޑުން ޢާއިޝަތު ވަކިކޮށްފި

Igmh

އެމްޕީއެލްގެ ޑެޕިޔުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާދެއްވައިފި

Sstv FORM FOR EC

އެމްޕީއެލްގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

Mpl

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނޭ: އެމްޕީއެލް