ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށި ކަޕް ނިންމުމުގެ ރަސްމިއްޔާތު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

STO_Ads
TTH_Ads
Advertisement

އޭދަފުށި ކަޕް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އޭދަފުށި ކަޕްގެ ފައިނަލްގައި ބައްދަލުކުރީ އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް ކުލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު 2-1 ލަނޑުން އިރުމަތި އެފްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވެލާ ސްޕޯޓްސް ކުލަބެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފައިނަލް މެޗު ބައްލަވާލައްވާފައެވެ. އަދި ޗެމްޕިއަން ޓީމަށް ޓްރޮފީ އާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 75 ހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 50 ހާސް ރުފިޔާގެ ފައިސާ އިނާމުދީފައިވެއެވެ.

MMA_Ads
HajjCop_ads
Advertisement

އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ޖުމްލަ 5 ޓީމުން ވާދަކުރިއެވެ.

‎ސެޕްޓެމްބަރު 5-15 އަށް ކުރިޔަށްދިޔަ މި މުބާރާތުގައި ވާދަކުރީ އިރުމަތި އެފްސީ، ޓީމް މިޑްލް އީސްޓް، ވެލާ ސްޕޯޓްސް ކުލަބު، ހުސް ސޮންގުން އަދި ސީސީ ސްޕޯޓްސް ކުލަބެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާ ސްޕޯޓްސް ކުލަބުގެ ގޯލު ކީޕަރު މިފްދާދް އަހުމަދެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު ގޯލުކީޕަރުގެ މަގާމުވެސް ހޯދާފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިރުމަތި އެފްސޯގެ އިމްތިޝާލް އަބްދުއްރަހީމެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ އަބުދުالله ޖައުޝާން އަހުމަދެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވެލާ ސްފޯޓްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލާގެ ކޯޗު މުހައްމަދު އިހްސާން ސައީދެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އޭދަފުށީ “ވެށި ފަންނު” ހުޅުވައިފި

އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ މަސައްކަތް ފަށައިފި

އޭދަފުށީ ކައުންސިލުގެ އަންހެން ދެގޮނޑިވެސް އިންތިހާބަކާ ނުލައި ޕީއެންސީއަށް