ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އޭދަފުށީގައި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު އިފްތިތާޙުކޮށްފި

STO_Ads
TTH_Ads
Advertisement

ބ. އޭދަފުށީގައި ޤާއިމުކުރި 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމު މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއީ، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ އެކްސެލެރޭޓިންގ ރިނިޔުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ދަށުން، ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

މި ނިޒާމު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، މިކަމަކަށްޓަކައި އޭދަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފެވެ.

HajjCop_ads
Advertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފު ވަނީ، މިފަދަ ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މި ނިޒާމާއެކު ރަށްރަށަށް އިގުތިޞާދީ ގޮތުންނާއި އިޖުތިމާއީގޮތުން ވާނެ ފައިދާތަކަށް ވަޒީރު ވަނީ އަލިއަޅުއްވާލާފައެވެ.

“ކޮންމެ ބަޔަކުވެސް ބުނޭ މީގެން ތިމަންނަމެންނަށް ވާނީ ކޮންފައިދާއެއްތޯ؟ މިކަމުގެ ސަބަބުން ތެލަށް ކުރާ ހޭދަ ދަށްވޭއެބަ ވަރަށް ބޮޑަށް. އޭގެ ސަބަބުން ރައްކާކުރެވޭ ފައިސާ އެބަ އެހެން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފަސޭހަވޭ.” ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތަންފީޒުކުރި މަޝްރޫޢެކެވެ.

އާބާދީގައި 3،539 މީހުން ދިރިއުޅޭ ބ. އަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާ އޭދަފުށީގައި މި ޤާއިމުކުރި ނިޒާމާއެކު، އެ ރަށުގައި ބޭނުންކުރާ ޖުމްލަ ކަރަންޓުގެ 33 އިންސައްތަ ސޯލާ ހަކަތައިން އުފެއްދުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ. މިއީ، އެ ރަށުގެ ގާތްގަނޑަކަށް 441 ގޭބިސީގެ ކަރަންޓުގެ ބޭނުންތައް ފުއްދައިދެވޭނެ މިންވަރުގެ ސާފު ހަކަތައެވެ.

ޖުމްލަ 56 މިލިއަން ދިވެހި ރުފިޔާގެ އިންވެސްޓްމަންޓަކާއެކު ކުރިއަށް ގެންދިޔަ މި މަޝްރޫޢުގައި ހިމެނެނީ ބިމުގައި ހަރުކޮށްފައިވާ 1.2 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމަކާއި، 1.5 މެގަވޮޓު އަވަރގެ ބެޓެރީ ސްޓޯރޭޖް ކެޕޭސިޓީއެވެ. މީގެ އިތުރުން ސޯލާއިން އުފައްދާ ހަކަތައާއި، ބެޓެރީ އަދި ޑީސަލް އިންޖީނުގެ ނިޒާމު ފުރިހަމައަށް ބެލެންސްކޮށް ގްރިޑްގެ ސްޓެބިލިޓީ ދެމެހެއްޓުމަށް މި މަޝްރޫޢުގެ ތެރެއިން ޒަމާނީ އެނަރޖީ މެނޭޖުމަންޓް ސިސްޓަމެއް ޤާއިމުކޮށްފައިވެއެވެ.

މި ނިޒާމު ޤާއިމުކުރުމުގެ ކުރިން އޭދަފުށީގެ އިންޖީނުގެއިން ކަރަންޓު އުފެއްދުމަށް އަހަރަކު 2 މިލިއަން ލީޓަރުގެ ޑީސަލް ބޭނުންކުރި ނަމަވެސް، މި އައު ނިޒާމާއެކު އަހަރަކު ގާތްގަނޑަކަށް 655،000 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މިއާއެކު އެ ރަށުގައި ތެލަށް ކުރާ ހޭދައިން އަހަރަކު ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން މުޅި ރާއްޖޭގެ 14 ރަށެއްގައި ސޯލާ ނިޒާމުތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، ރާއްޖޭގެ ރަށްތަކުގައި ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމުތައް ފުޅާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP3IGltaIAEocyw

ސްޓެލްކޯއާ އަލަށް ހަވާލުކުރި ރަށްރަށުގެ ކަރަންޓުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ފަށައިފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

Ihsaan

މުވައްޒަފުންނަށް ދެވޭ ތަމްރީނުތަކަކީ މުޅި ރާއްޖޭގެ ތަރައްގީއަށް ކުރެވޭ އިންވެސްޓްމެންޓެއް: ޑރ. އަޒުވަރު

stelco

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ލިބޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ