ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާހުތަކާއެކު މީޑިއާ ބިލް ކޮމިޓީން ފާސްކޮށްފި

112
STO_Ads
TTH_Ads
Advertisement

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު” ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެ ބިލް ފާސްކޮށްފައި ވަނީ ސަރުކާރުގެ ފަރާތުން އެ ބިލަށް ހުށަހެޅި އިސްލާހުތަކާއެކު އެވެ.

ބިލަށް އިސްލާހުތަކެއް ހުށަހަޅައި ކޮމިޓީން ބިލު ފާސްކުރަން ކޮމިޓީ ބައްދަލުވުން މިއަދު ފެށީ، މެންދުރު 11:15 ގައެވެ.

MMA_Ads
HajjCop_ads
Advertisement

އެ ވަގުތުގައި 72 އިސްލާހެއް ބިލަށް ހުށަހެޅިއެވެ.

މި އިސްލާހުތައް ހުށަހެޅީ، ކޮމިޓީގެ ނާއިބު މުގައްރިރު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

އޭނާ ހުށަހެޅި އިސްލާހުތަކުގެ ތެެރެއިން ނޫސްވެރިން ފާހަގަކުރި ކަންބޮޑުވުންތައް ހިމެނެއެވެ.

އެ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް މެންބަރަކު ނުތިބޭގޮތަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.

އެ މަސައްކަތް ހުރިހާ ނަމާދު ގަޑިތަކަކަށް މެދުކެނޑިއެވެ. ކޮމިޓީ ނިމުނީ ހަވީރު ގާތްގަނޑަކަށް 5:30 ގަ އެވެ.

އެ ބިލް ފާސްކުރަން ފެނޭތޯ ވޯޓަށް އެހި ގަޑީގައި ކޮމިޓީގައި ތިބި ނޫސްވެރިންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ މުޒާހަރާކޮށްފައެވެ.

ކޮމިޝަންގެ މެންބަރުންގެ ސިފަތަކުގެ ތެރެއަށް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްނުވުމާއި، ކޮމިއުނިކޭޝަނާއި މީޑިއާގެ ހިދުމަތްދޭ ދާއިރާގެ ވިޔަފާރީގެ ހިއްސާއެއް އޮތް ފަރާތަކަށް ނުވުންވެސް ވަނީ ހިމަނައިފައެވެ.

މީޑިއާތަކުން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރަން އޮތް ގޮތްވެސް ވަނީ އިސްލާހުކޮށްފައެވެ.

އެގޮތުން މި އިންތިހާބުގައި ވޯޓުލެވޭނީ ފަސް އަހަރުވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންކަމަށް އޮތްތަން ބަދަލުކޮށް، އިންތިހާބުގައި ލެވޭނީ ތިން އަހަރު ވެފައިވާ، ރަޖިސްޓްރީ ކޮށްފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށް އެއްވޯޓު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
MMA_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

462046 6ccdcaab a

މާލީ ވަޒީރު ޒަރީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

43

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒު އަވަހާރަވެއްޖެ

H6txovzbmjojwefnjhdb

މާލޭގައި ކުރާ އިހުތިޖާޖުތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި 

Ii

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ކަނޑައަޅަނީ