ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން އެމްއެފްޑީއޭއިން ބަލައި ފާސްކުރަނީ

MFDA

މާލެ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން ބަލައި ފާސްކުރުމަށް ނިންމައިފިއެވެ.

އެމްއެފްޑީއޭއިން ކުރި އިޢުލާނެއްގައި ވިދާޅުވީ، މިކަން ކުރިއަށްދާނީ އެ އޮތޯރިޓީ އާއި މާލެ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ގުޅިގެން ކަމަށެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއެޅުމަށާއި، އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތް ދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް މިހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ވިދާޅުވީ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަކީ ‘ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު’ ގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރުމަށް ލާޒިމުކޮށްފައިވާ ތަންތަނަށް ވީއިރު، ރަޖިސްޓްރީނުކޮށް ހިންގާ ތަންތަން ބަންދުކުރުމާއި އެފަދަ ތަންތަނުގެ މަޢުލޫމާތު މި އިންސްޕެކްޝަންގެ ތެރެއިން ޢާންމުކުރަން ނިންމަވާފައިވާ ކަމަށެވެ.

އެމްއެފްޑީއޭއިން ވަނީ، މީގެ ކުރިން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިފަދަ މުހިންމު ޕްރޮގްރާމްތައް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

health ministry

ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ބަންދު ކޮށްފި

health ministry

ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް މުޅިން އަލަށް 363 ބޭހެއް ރަޖިސްޓަރކޮށްފި

health ministry

ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދު ނުކުރަން އަންގައިފި

health ministry

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި