ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ އާރޓް ގެލަރީއެއް ހުޅުވަނީ

addu
Maldivian_Ads
STO_Ads
TTH_Ads
Advertisement

އައްޑޫސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދިނުމަށް އާރޓް ގެލެރީއެއް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ސިޓީގެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މަރަދޫގައި ހުރި ތާރީހީ “ބޮނޑޮގޭ” އިމާރާތުގައި އެ ކައުންސިލުން ގާއިމުކުރާ އަރޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިއާރަކަށް ވާންވާނީ “އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިގްތިޞާދު” ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެއްކަމަށެވެ.

HajjCop_ads
Advertisement

އައްޑޫ ސިޓީ މޭޔަރ ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތްކަމަށެވެ. އެ އިމާރާތުގައި އަރޓް ގެލެރީއެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ހަމަޖައްސާފައިވާކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ މި އަރޓް ގެލެރީއާއެކު، އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި، އައްޑޫއަށް އަންނަ ފަތުރުވެރިންނާއި އާންމު ފަރާތްތަކަށް އައްޑޫގެ ތާރީޚާއި ސަފާގަތް އަދި އައްޑޫއާއި ގުޅުންހުރި ވާހަކަތައް ކިޔައިދިނުންކަމަށެވެ.

އެގޮތުން އަރޓް ގެލެރީގެ އެންމެހާ ކަންކަން ބަލަހައްޓަމުންދާނީ ސިޓީ ކައުންސިލުންކަމަށާއި އަރޓް ގެލެރީ ހިނގާނީ އެއިން އާމްދަނީއެއްވެސް ލިބޭނެ ގޮތައްކަމަށް މޭޔަރ ވިދާޅުވިއެވެ. އަރޓް ގެލެރީގެ އިތުރުން މިއުޒިއަމްއެއްގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށް މޭޔަރ އަލީ ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ކައުންސިލުން ވިދާޅުވީ މަސައްކަތް ކުރަނީ އެ މަޝްރޫއުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން އެ މަސައްކަތް ފުރިހަމަކުރުމަށް ކަމަށެވެ/.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫއާއި ފުވައްމުލަކުގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

Original

ބޭސިކް ސްޕޯޓްސް ފަސްޓް އެއިޑް އެންޑް ޓޭޕިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

އައްޑޫ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިން ހުޅުވައިފި

ގާލްގައިޑް ކޭމްޕު ދަރިވަރުންނަށް ސައިބަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި