ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާނަމަ ބޮޑު ޖޫރިމަނާއެއް ކުރަނީ

bidheyseen
TTH_Ads
STO_Ads
Advertisement

ބިދޭސީ މުވައްޒަފަކު ގެނައުމަށް ފަހު އެމީހަކާ މެދު އިހުމާލުވާނަމަ ފިޔަވަޅު އަޅަން ނިންމައި، އެކަމުގެ ތަފްސީލް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާއްމުކޮށްފިއެވެ.

އެ ވުޒާރާއިން އެކަން ހާމަކުރީ އިއްޔެ ގެޒެޓުކުރި އިޢުލާނުގައެވެ. ބިދޭސީ މަސައްކަތްތެރިންނާމެދު ނާއިންސާފުން ހިންގާ ކަންކަން ބަލައި، އެކަންކަން ހުއްޓުވުމަށްޓަކައި، އެމީހުންނާމެދު އިހުމާލުވާނަމަ ފިޔަވަޅު އަޅަން ފަށާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އާއްމުކުރި އިއުލާނުގައި ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 8 ވަނަ އިޞްލާޙުގައިވާ ގޮތުގެމަތީން، ޤާނޫނުގައި އެކަމާ ގުޅިގެން 7-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްޞަކޮށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެމީހަކާމެދު އިހުމާލުވާ ފަރާތްތައް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

HajjCop_ads
Advertisement

އެ މާއްދާތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތީން 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް ނިންމާފައިވާކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެ ނިންމުން ތަންފީޒުކުރަން ފަށާނެ ކަމަށެވެ. އަދި، ޖޫރިމަނާގެ ފައިސާ ދެއްކުމުން ނޫނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދެވޭނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީން ދެނެގަނެ އެމީހުންނާމެދު މިހާރު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީން ރެގިއުލޭޓް ކުރުމަށްޓަކައި ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް 160،000 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގައިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2 Suspects 33e59f8939

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީން ހައްޔަރުކޮށްފި

immigration

68 ބިދޭސީން ޗެކްކޮށް، 7 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

8u

ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ކުނި އުކައިދޭ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް