ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ރަށިބާޒާރޮ” ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް ފަށައިފި

TTH_Ads
STO_Ads
Advertisement

“ރަށިބާޒާރޮ” ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް މިއަދު ފަށައިފިއެވެ. މިއީ ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން މިބާޒާރު ބާއްވާ 3 ވަނަ އަހަރެވެ.

މި މަހުގެ 5 އިން 12 އަށް ބާއްވާ ރަށިބާޒާރޮގައި ތަފާތު ވިޔަފާރިވެރިން އެމީހުންގެ އުފެއްދުންތައް ވިއްކައި، ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތު ބާޒާރަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ރަށިބާޒާރޮ ގައި ޖުމްލަ 70 ސްޓޯލް ހުންނާނެއެވެ. އޭގެތެރޭގައި ކާބޯތަކެތި ވިއްކާ 32 ސްޓޯލާއި އެހެނިހެން ވިޔަފާރިތަކުގެ 38 ސްޓޯލް ހިމެނެއެވެ.

MMA_Ads
HajjCop_ads
Advertisement

ރަށިބާޒާރޮ އޮންނަ ކޮންމެ ރެއަކުވެސް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތްތަކަށް ޚާއްޞަ އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިބާޒާރުގެ އެންމެ ފަހުރޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކޮށްލާ އިނާމުތަކުގެ ތެރޭގައި އެއަރ ބްލޭޑް 125 ބްލެކްއެޑިޝަން ސައިކަލް، ޢުމްރާ ދަތުރެއް، ދިރާގު ލިމިޓެއްނެތް ފައިބަރ 100 އެމް ކަނެކްޝަން 12 މަސްދުވަހަށް ހިލޭ، އަދި ސޯފާސެޓާއި، ސްޓަޑީ ޓޭބަލް، ވޯޓަރ ޕިއުރިފަޔަރ ފަދަ ބޮޑެތި އިނާމުތައް ހިމެނެއެވެ.

ފުވައްމުލައް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ ރަށިބާޒާރަކީ ތަފާތު ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދީ އެކި ވިޔަފާރި ތަކާއި ކެފޭތައް އަދި ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރި މާކެޓް ކުރުމަށް އެހީތެރިވެ ދިނުމަށާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނޭ ފަދަ ބާޒާރެއް ބޭއްވުމުގެ މަޤްޞަދުގައި ބާއްވާ ބާޒާރެކެވެ.

މިބާޒާރުގެ ސަބަބުން ރަށުގެ އިޤްތިޞާދު ކުރިއަރައި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރަށުގެ އުފެއްދުންތައް އެއްތަނަކުން ލިބޭނެ މަގުފަހިވެގެން ދާނެއެވެ. އަދި ފަތުރުވެރިކަމަށް ވެސް މިކަމުން އިތުރު ކުރިއެރުން ލިބިގެން ދިއުމަކީ މިބާޒާރު ބޭއްވުމުގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފާއިތުވި 2 އަހަރާ ޚިލާފަށް މިއަހަރުގެ ބާޒާރު ފަރުމާކުރެވިފައިވަނީ ބާޒާރާއެކު ކާނިވަލެއްވެސް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން އެޑްވެންޗަރ އަޕް އާއި ފުވައްމުލައްސިޓީ ކައުންސިލް ގުޅިގެން ބާއްވާ މިކާނިވަލުގައި ތަފާތު އެކި ގޭމްތަކާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MMA_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުވައްމުލަކުގެ ބޮޑުބެ ޗެލެންޖަށް ފުރުސަތު ހުޅުވާލައިފި

ކެޕްޓަން އަލްމަރްޙޫމް ޢަބްދުލްޢަޒީޒްގެ ޖަނާޒާ މިރޭ އިޝާ ނަމާދަށްފަހު

Fuvahulah atoll maldives banner

ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މަލްޓި-ޑިސިޕްލިނަރީ ޓީމެއް ފުވައްމުލަކަށް