ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތައިލެންޑުގެ އައު ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ތައިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް އަނުތިން ޗާންވިރަކުލް ހޮވިވަޑައިގެންފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ތައިލެންޑުގެ ދުސްތޫރީ ކޯޓުން ވަނީ ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޕޭޓޮންގްޓާން ޗިނަވާތު މަޤާމުން ދުރުކޮށްފައެވެ. ޤައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވަނިކޮށް އައު ބޮޑުވަޒީރެއް ޢައްޔަނު ކުުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގައި ސެޕްޓެމްބަރު މަހުގެ 5ވަނަ ދުވަހު ވަނީ ވޯޓު ލައިފައެވެ.

ޗާންވިރަކުލް ބޮޑުވަޒީރުގެ މަޤާމަށް ހޮވިވަޑައިގެންފައި ވަނީ ޤާނޫނުހަދާ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބޮޑުވަޒީރުގެ މަޤާމު ކަށަވަރު ކުރުމަށް 492 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ޤާނޫނުހަދާ މަޖިލީހުގެ އަޣުަލަބިއްޔަތު ހޯދުމަށް ބޭނުން ވަނީ 247 ވޯޓެވެ. ފަސޭހަކަމާއެކު އެ ޢަދަދު ހަމަ ކުރައްވައި ޗާންވިރަކުލް ވަނީ 311 ވޯޓު ހޯއްދަވައިފައެވެ.

HajjCop_ads
Advertisement

ޗާންވިރަކުލްއަކީ ތައިލެންޑުގެ ބޫމްޖައިތައި ޕާޓީގެ ލީޑަރެވެ. މީގެ ކުރިން އޭނާ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމާއި ދާޚިލީ ވަޒީރުގެ މަޤާމާއި ޞިއްޙަތާބެހޭ ވަޒީރުގެ މަޤާމު ފުރުއްވައިފައެވެ. ކޯވިޑް-19ގެ ދުވަސްވަރު ޞިއްޙަތާބެހޭ ވަޒީރުގެ ގޮތުގައި ހުންނެވީ އޭނާއެވެ.

ވެރިކަންކުރަމުން ދިޔަ ފިއު ތައި ޕާޓީން ހިންގަމުންދިޔަ ގުޅިފައިވާ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތުމަށްފަހު ޗާންވިރަކުލްގެ ޕާޓީން އެ އިއްތިޙާދުން ވަކިވެފައި ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. އެއީ އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ޗިނަވާތުގެ ސުލޫކީ މައްސަލަތަކެއް ފެންމަތިވެ ހަލަބޮލިކަން އުފެދުނު ދަނޑިވަޅެއްގައެވެ. އިއްތިޙާދު ބަލިކަށިވާން ފެށުމުން އިއްތިޙާދާ ދުރުވެ، ބޫމްޖައިތައި ޕާޓީން ވަނީ އިދިކޮޅު ޕީޕަލްސް ޕާޓީއާ މަޝްވަރާތައް ކޮށްފައެވެ. ބޮޑުވަޒީރުގެ މަޤާމަށް ޗާންވިރަކުލްއަށް ތާއީދު ކޮށްފި ނަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީސް އުވާލައްވައި ޤަނޫނު އަސާސީ އިސްލާހު ކުރުމަށް ފުރުޞަތު ދެއްވާނެ ކަމަށް ޗާންވިރަކުލް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތައިލެންޑުން ދިވެހިންނަށް 30 ދުވަހުގެ ވިސާއެއް ދޭން ނިންމައިފި

ތައިލެންޑުގެ އަމީރާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ތައިލެންޑުން ދޭ އޮން-އެރައިވަލް ވިސާ 15 ދުވަހަށް ކުރުކޮށްފި

ތައިލެންޑާއި ކެމްބޯޑިއާއިން އަލުން ހަމަލާތައް ބަދަލުކުރަން ފެށުން: އެކަން ހުއްޓާލަން މެލޭޝިޔާގެ އިލްތިމާސް