ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތެލެސީމިއާއާ ގުޅޭ އެންމެ ފަހުގެ ޓެސްޓްތައް ފަށަން ތައްޔާރުވަނީ

Haleeem igmh
STO_Ads
TTH_Ads
Advertisement

މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށް، ޖެނެޓިކް ޓެސްޓިން ނުވަތަ ޑީއެންއޭ ޓެސްޓްކުރުމުގެ ޚިދުމަތް ފަށަން ތައްޔާރުވަމުންދާކަމަށް މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ޢަބްދުއްރައްޒާޤު ޙަލީމް މިހެން ވިދާޅުވީ “ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގުރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެގޮތުން ތެލެސީމިއާ ކޮންޓްރޯލްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޓެސްޓްތައް ކުރެވޭނެ މެޝިނަރީއާއި އެކަމަށް ބޭނުންވާ މީހުން ހޯދުމަށް ބަޖެޓު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތުން ތަޢާރަފްކުރެވޭ ޓެސްޓްތަކުގެ ތެރޭގައި ޖެނެޓިކް ނުވަތަ ޑީއެންއޭ ޓެސްޓް ހިމެނޭކަމަށް ސީއީއޯ ވިދާޅުވިއެވެ.

HajjCop_ads
Advertisement

“ޑީއެންއޭ ޓެސްޓިންއަކީ ތެލެސީމިއާ ނިސްބަތް މަދުކުރުމަށް ސްކްރީންކުރެވޭ ފަރާތްތަކުގެ ތެރެއިން ޕްރިނޭޓަލް ޓެސްޓިން އަދި ތެލެސީމިއާ ކެރިއަރ ސްޓޭޓަސް ކަށަވަރުކުރުމަށް ކުރާ ތަހުލީލުތައްކުރުމަށާއި ކައިވެނިކޮށްގެން އުޅޭ ދެމަފިރިން ދަރިން ހޯދުމަށްޓަކައި ބަޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ލޭގެ ބަލީގެ ބާވަތްތައް ދެނެގަތުމަށް ޕްރިނޭޓަލް ޑައިގްނޯސިސް އަދި އެނީމިއާގެ ފަސޭހަކަމުގެ އިތުރުން ގޮތް ނޭނގޭ ބާވަތްތައް ދެނެގަތުމަށް ޓެސްޓްކުރެވޭ އިތުބާރުހުރި ގޮތެއް.” ޢަބްދުއްރައްޒާޤު ޙަލީމް

ރާއްޖޭގައި ތެލެސީމިއާއަށް ޓެސްޓުކުރުމަށްފަހު ނަތީޖާ ކަށަވަރުނުވުމުން ހަދަންޖެހޭ ޑީއެންއޭ މިވަގުތު ހަމައެކަނި ހެދެންހުރީ ސޮސައިޓީ އޮފް ހެލްތް އެޑިއުކޭޝަނުން، ޝީންނެވެ. އަދި އެކަމަށް ހާހެއްހާ ރުފިޔާ ޚަރަދުކުރަން ޖެހުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.

1992ވަނަ އަހަރު ތެލެސީމިއާ ބަލި ހުންނަ މީހުންގެ ދަފްތަރު އެކުލަވާލިފަހުން 968 މީހަކު ރަޖިސްޓްރީވިއިރު، މިހާރު މި ބައްޔަށް ޚިދުމަތް ހޯދަމުން ގެންދަނީ 670 މީހުންނެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Large 17652996957cwX6

ކުރިއަށް އޮތް 3-4 މަސްތެރޭގައި އިތުރު ތިން ޖީޕީ ކްލިނިކް ހުޅުވަނީ

88887

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

HFcBWyha8AIBfUw

ފިހުނު ބިދޭސީ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

Igmh

ޚަބަރު ހުސްވެފައި އޮތް ބިދޭސީއަކަށް ފަރުވާދެނީ