ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދާނެ ފެސިލިޓީއެއް ޤާއިމްކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިފި

90
STO_Ads
TTH_Ads
Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމަށްޓަކައި ލެވެލް 2 ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމަށް ބޭނުންވާ ބިން ހުޅުމާލެ ސަހަރާ ކައިރިން މިހާރު ވަނީ ހަމަޖައްސާފައެވެ. މި ފެސިލިޓީ ޤާއިމްކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އެތަނުގެ ކުރެހުންތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވަނީ ހާމަކޮށްފައެވެ.

މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާއިރު، އެ ސެންޓަރު ތަރައްޤީ ކުރަން ހަމަޖެހިފައިވަނީ ސްކޭންތައް ވެސް ހެދޭނެ ވަސީލަތްތަކާ އެކުގައެވެ. މި ފެސިލިޓީއަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އިތުރުވެގެންދާނެ މުހިންމު ވަސީލަތެކެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޞިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޕޯސްޓްމޯޓަމް ޚިދުމަތްދޭ މެޑިކަލް ޔުނިޓު މެދުވެރިކޮށް ލާއިންސާނީ އަނިޔާތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުޢީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތް ވެސް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ޝަރުޢީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން ވެސް މި ޔުނިޓުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ޚިދުމަތް ދިނުމުގެ މައުލޫމާތު ޤާނޫނެއްގައި ބަޔާންކޮށްފައިވަނީ 2015 ވަނަ އަހަރު ކަމަށްވީ ނަމަވެސް، އޭގެފަހުން އައި އެކި ސަރުކާރުތަކުން އެ ޚިދުމަތް ޤާއިމްކުރަން އެދެވޭ މަސައްކަތެއް ކޮށްފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ރާއްޖޭގައި ޤާއިމްކުރުމަށެވެ. އެގޮތުން މި ޔުނިޓު އަމަލީ ގޮތުން އެކުލަވާލުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ޚާއްޞަ ޤަވާއިދެއް އެކުލަވާލައި ގެޒެޓް ކުރާނެ ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.

މިހާތަނަށް ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ޖެހެނީ ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެންނެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި ޕޯސްޓްމޯޓަމް ހެދުމަށް 23 ހަށިގަނޑެއް ރާއްޖެއިން ބޭރަށް ފޮނުވާފައިވާއިރު، އެ ޚިދުމަތް ހޯދުމަށް ކޮންމެ މީހަކަށް އެވްރެޖްކޮށް 55,000 ރުފިޔާ ދައުލަތުން ވަނީ ހޭދަކޮށްފައެވެ. ހުޅުމާލޭގައި މި ފެސިލިޓީ ޤާއިމްކުރެވުމާއެކު، ރާއްޖެއިން ބޭރަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު މާ އަވަހަށް ލިބިގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Igmh

އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ތައްޔާރުވަނީ

88887

ރާއްޖޭގެ ފުރަތަމަ ނިއުރޯ އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ސްޕެޝަލިސްޓް އައިޖީއެމްއެޗާ ގުޅިވަޑައިގެންފި

988

ހުޅުމާލޭގެ އަޒީޒާ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ފިޔަވަޅު އަޅަނީ

988

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރަނީ، މި މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ހިނދުކޮޅަކަށް ކަރަންޓް ކެނޑިދާނެ!