ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި އިތުރު ދިރާސާ ކުރަންޖެހޭ: މެޑަމް ސާޖިދާ

madam saajida
STO_Ads
TTH_Ads

އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކުރުމާއި، ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އެކަމަނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، “އެމްބްރޭސިންގ ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަރސްޓޭންޑިންގ އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސަރޗް” ގެ ނަމުގައި، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ފަރުވާދިނުމުގައި ހުރި ފުރުޞަތުތަކާއި، ބަލި ދެނެގަތުމުގެ އުކުޅުތަކާއި، އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިޚުތިޔާރެއް ނޫންކަމަށާއި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެފައެވެ. އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެފަދަ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

HajjCop_ads

އެންޑޯމެޓްރިއޯސިސްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ، އެ ބަލި ދެނެނުގަނެވުމާއި، މައްސަރުކަންތަކާ ގުޅިގެން އޮންނަ ތަޢައްޞަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ދުރާލައި ބަލި ދެނެގަނެވުމާއި، އޯގާތެރިކަމާއެކު ފަރުވާދިނުމާއި، މުޖުތަމަޢު ހަރަކާތްތެރިކުރުވުމުގެ މުހިންމުކަންވެސް އެކަމަނާ ފާހާގަކުރެއްވިއެވެ.

ގުޅުންހުރި ސިޔާސަތުތަކަށް ގެނެވިފައިވާ އިސްލާޙުތަކަށް މަރުޙަބާ ވިދާޅުވަމުން އެކަމަނާ ވަނީ، އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުއްވުމަކީ، ހަމަހަމަގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެކަމަނާ ވަނީ، މި މަސައްކަތުބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ، ޤައުމީ ފެންވަރެއްގައި ކަމުގެ މާހިރުންގެ މެދުގައި ގުޅުން ޤާއިމުކުރެއްވުމަށް ކުރައްވާ މަސައްކަތަށާއި، ޝާމިލުގޮތެއްގައި ފަރުވާދިނުމަށާއި ޢިލްމު ހިއްސާކުރެއްވުމަށް އެސް.އޯ.ޖީ.އެމުން ކުރައްވާ މަސައްކަތަށް ތާރީފުކުރައްވާފައެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށާއި، އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް، ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވަމުންނެވެ. މިއަދު ނިމުނު މަސައްކަތުބައްދަލުވުން ވާން ޖެހޭނީ ހަމަ އެކަނި މަޝްވަރާކުރުމުގެ މަންސައަކަށް ނޫންކަމަށާއި، އެ ބައްދަލުވުން ވާންޖެހޭނީ ޞިއްޙީ ނިޒާމު އިސްލާޙުކުރުމަށް ލިބޭ ހިތްވަރަކަށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

ފުލުހުންގެ ޚިދުމަތުގައި އަންހެނުން އިތުރުވުމަކީ އަމަން ބެލެހެއްޓުމަށް ލިބޭ ކުރިއެރުމެއް: ސާޖިދާ

ޤުރުއާން މުބާރާތަކީ އީމާންތެރިކަން ވަރުގަދަވެ، އަޚްލާޤީ ރަނގަޅު ސިފަތައް މަގުފަހިވާ ކަމެއް: ސާޖިދާ

މެޑަމް ސާޖިދާ ތިނަދޫ ސިޓީއަށް ވަޑައިގެންފި