ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

STO_Ads
TTH_Ads
Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޞަން (ވީއެމްސީ) ގެ އައު ލޯގޯ ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.

މިއީ 14 ޖުލައި 2025 ގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓަޑަށް ބަދަލުކުރުމާއިއެކު ގެނެވުނު ބަދަލެކެވެ.

ދިވެހިރާއްޖޭގެ އުޑާއި، ކަނޑު އަދި ގުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ މި ލޯގޯ ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ދޫނިސޫފާސޫފި، މަސްމަހާމެހި، އަދި ގަސްގަހާގެހި ސިފަވާނެފަދަ ގޮތަކަށް ކުންފުނީގެ ނަން އިނގެރޭސި އަކުރުން ފާޅުކަން ބޮޑު ގޮތަކަށް ސިފަވާހެނެވެ. އާއްމުކޮށް ބޭނުންކުރާނެ ރަސްމީ ލޯގޯގެ އިތުރުން، އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ލޯގޯގެ މޮނޮކްރޮމެޓިކް، އަދި ވެކްޓަރ ފަރުމާތަށް ވެސް މި ބްރޭންޑިގްގެ ތެރޭގައި ހިމެނެ އެވެ.

MMA_Ads
HajjCop_ads
Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ލޯގޯ ބޭނުން ކުރަމުންދާނީ، ދިވެހިރާއްޖެ ޕްރޮމޯޓުކުރުމަށް މި ކުންފުނިން ގެންގުޅޭ “މޯލްޑިވްސް” އަދި “މޯލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް”ގެ ބްރޭންޑިންގް ތަކާއިއެކު އެވެ. މިދިޔަ ޖުލައި މަހު، މި ބްރޭންޑިންގްތައް އިތުރަށް ފުރިހަމަ ކުރުމަށް ވިސްނުންތެރިކަމާއެކު ކުދި އިސްލާޙުތަކެއް ގެނެސްފައިވާ ކަމަށާ އޭގެ ތެރޭގައި ލޯގޯގެ ކުލަތަކުގެ ޓޯންތަކަށް ގެނެވުނު ކުދިކުދި ބަދަލުތަކަކާއި، ހުޅުވިފައިވާ، ހާމަތަންތަނުގައި އިޝްތިހާރު ހަރުކުރެވޭއިރު ބަލާމީހުންނަށް ފަސޭހައިން ދެނެގަނެވޭނެފަދަ ގޮތަކަށް ބައްޓަން ކުރުމަށް ލޯގޯޓައިޕަށް ގެނެވުނު ބަދަލުތައް ހިމެނޭ ކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މުޅި ސިފަ ކުރިއާ އެއްގޮތަށް ބަހައްޓާފައިވީ ނަމަވެސް، މި އިޞްލާޙުތަކާއެކު ލޯގޯ އެއް ހަމައެއްގައި ބޭނުންކުރެވި، ބްރޭންޑް ރެކޮގްނިޝަން ވަރުގަދަވެގެން ދިޔަ ކަމަށް ވެސް ބުންޏެވެ.

އިއްޔެ އިން ފެށިގެން ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ހުރިހާ މަންޞަތަކެއް އަދި ވަސީލަތްތަކެއްގައިވެސް ބޭނުން ކުރަމުން ދަނީ އަލަށް ފަރުމާކޮށްފައިވާ ލޯގޯ އަދި ބްރޭންޑިންގ އުންޞުރުތަކެވެ. މި އިޞްލާޙުތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ހުށަހެޅުމަށް ވިޒިޓް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓުމާއެކު، ދުނިޔޭގެ މަޤްބޫލުކަން ލިބިފައިވާ ބްރޭންޑުގެ އަޞްލު ދެމެހެއްޓުން ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އިން ވަނީ ބުނެފަ އެވެ.

MPL_Ads
MWSC_ads
Advertisement
MMA_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ރާއްޖެ އިޝްތިހާރުކުރަން މުހިންމު އެމްއޯޔޫއެއްގައި ސޮއިކޮށްފި

WhatsApp Image 2026 04 26 at 19.31.46

ވިޒިޓް މޯލްޑިވްސް ބޯޑަށް 4 މެންބަރުން އައްޔަންކޮށްފި

ބެލްގްރޭޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވަނީ

WhatsApp Image 2026 03 07 at 20.10.04

ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރަމުންދާ ލޮޅުންތަކުގެ އަސަރު ކުޑަ ކުރުމަށް ފަތުރުވެރިކަމުގެ ސިނާޢަތް ގުޅިގެން ކުރިއަށް!