ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމަށް އެމްޕީއަލުން އިލެކްޓޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރަނީ

Mpl
TTH_Ads
STO_Ads

ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރުމުގެ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލުން އިލެކްޓޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޕީއެލުން ބުނެފައިވަނީ، ހުޅުމާލެ ޓާމިނަލްއިން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެމްޕީއެލްއިން ނިންމާފައިވަނީ މިހިނގާ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުން ފެށިގެން މި ކިއު ލައިވްކޮށް، ބޭނުންކުރުމަށް ކަމަށެވެ.

މި ކިއު ތައާރަފްވުމާއެކު، ހުޅުމާލެ ޓާމިނަލްއިން މުދާ ކްލިއަރކުރެވޭނީ މި ކިޔުގެ ތެރެއިން ކަމަށް އެމްޕީއެލުން ބުންޏެވެ. އަދި  މިބަދަލާއެކު ހުޅުމާލެ ޓާމިނަލް އިން މުދާ ކްލިއަރ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ޚިދުމަތަށް އިތުރަށް އަވަސް ވެގެންދާނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

HajjCop_ads

އެމްޕީއެލުން ވަނީ މި ކިއުގައި ބައިވެރިވުމަށް އެ ކުންފުނީގެ ވެބަސައިޓުން ފޯމް ޑައުންލޯޑުކޮށް ފުރުމަށްފަހު އޮފީހަށް ހުށަހެޅުމަށް އެދިފައެވެ. މެއިލް މެދުވެރިކޮށް ފޮނުވާނަމަ ( [email protected] ) ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރ އަށް ހުށަހެޅުމަށް އެމްޕީއެލުން ވަނީ އެދިފައެވެ. އެމްޕީއެލުން ބުނީ ކިއުގައި ބައިވެރިކުރުމަށް ބަލާނެ މިންގަނޑުތައްވެސް ހާމަކޮށްފައެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ

Lamaan

އެމްޕީއެލް ބޯޑުގެ އެގްޒެކްޓިވް މެންބަރަކަށް ލަމްޢާން

43

ތިލަފުށީގައި ތަރައްގީކުރާ ލޯކަލް ހާބާގެ އީއައިއޭ ސާވޭ ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އަބްދުﷲ: އެމްޕީއެލްގެ ވަޒީފާގައި 31 އަހަރު