ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގްރީން ޒޯނުގައި މުޒާހަރާކުރުން ޤާނޫނާ ޚިލާފު، ދުރަށް ޖެއްސީ ނަސޭހަތްދިނުމަށްފަހު: އިޙްސާން

Ihsaan
STO_Ads
TTH_Ads

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ބިލާ ގުޅިގެން އިއްޔެ ނޫސްވެރިން ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމާތާބެހޭ ވަޒީރު ވިދާޅުވީ މުޒާހަރާގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވާ ކަަމަށް ވިދާޅުވެ އެ ނޫސްވެރިން މިނިވަންކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލެއްވުމާ ގުޅިގެންނެވެ.

ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު އަލީ އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

Maldivian_Ads

ވަޒީރު އިހުސާން ވިދާޅުވީ ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން، ނުސްވެރިން މުޒާހަރާކޮށްފައިވަނީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ގްރީން ޒޯންގައި މުޒާހަރާ ކުރުމަކީ ޤާނޫނާ ޚިލާފު އަމަލެއް ކަމަށާއި ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށްވެސް ދާޚިލީ ސަލަމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވިއެވެ.

މި މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުތުން ނެރުނު ބަޔާނުގައިވެސް ވިދާޅުވީ އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް ގްރީންޒޯނުން ދިއުމަށް އިރުޝާދު ދެއްވި ކަމަށްވެސް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް މުޖުތަމައެއްގައި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމާއި މީޑިއާއަކީ މުހިންމު ރޯލެއް އަދާކުރާ ބައެއްކަން ގަބޫލުކުރައްވާ ކަމަށާއި ޤާނޫނާއި ގަވާއިދުގެ ތެރެއިން އެއްވުންތަކާއި މުޒާހަރާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

މަސައްކަތްކުރާނީ ދާޚިލީ ސަލާމަތްތެރިކަން ވަރުގަދަކުރުމަށް: އިޙްސާން

minister ihusan

ހޯޕް އައިލެންޑް ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ

ޤައުމީ ޑްރަގް ޕޮލިސީ އަންނަ މަހުގެ ނިޔަލަށް ނިންމާލަން މަސައްކަތް ކުރަނީ