40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ 9:30 އިން 14:00 އަށެވެ.
އެ ވަގުތުތަކުގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އެގޮތުން، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ މޫސުން ގޯސްވެ މުޅި ރާއްޖޭގެ ކަނޑުތައް ގަދަވެ އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. އެއާއެކު މަގުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތައްވެސް ވަނީ ވެފައެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން މޫސުން ރަނގަޅުވާން ފަށާނީ މާދަމާއިން ފެށިގެންނެވެ.










ކިޔުންތެރިންގެ ހިޔާލު